އިޓަލީގެ ނަން މަޝްހޫރު އެޗްޕީ ވޯޓާމޭކާސްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމަށް، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި މެރިން އިކުއިޕްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
25 ފެބުރުއަރީ 2025
އިޓަލީގެ ނަން މަޝްހޫރު އެޗްޕީ ވޯޓާމޭކާސްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމަށް، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި މެރިން އިކުއިޕްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މެރިން އިކުއިޕްމަންޓްސްގެ ޝޯރޫމްގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އެޗްޕީ ވޯޓާމޭކާސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކޯ ފައުންޑަރު ޖިއާނީ ޒުކޯ އެވެ.
އެ ރަސްމިއްޔާތުގައި ޖިއާނީ ޒުކޯ ވިދާޅުވީ މެރިން އިކުއިޕްމަންޓްސްއާ ގުޅިގެން ރާއްޖެއަށް ސާފު ފެން އުފެއްދުމަށް އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ފޯރުކޮށްދީ، ސާފު ފެން އުފެއްދުމަށް ހުރި ހައްލުތައް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
އިޓަލީ އެޗްޕީ ވޯޓާ މޭކާސް އަކީ ދެމެހެއްޓެނިވި ފެނުގެ ހައްލުތަކަށް އީޖާދީ އާ ގޮތްތައް ހޯދުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެ ކުންފުންޏާ އެކު މެރިން އެކިއުޕްމަންޓުން ގާއިމުކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ ފުޅާ ވިއުގަ އާއި ސިނާއީ ތަޖުރިބާ ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ފެނުގެ ދަތިކަން ދިމާވާ ސަރަހައްދުތަކުގައި ފެން ސާފުކުރުމުގެ ޒަމާނީ ހައްލުތައް ގާއިމުކުރުމަށް ފަހިވާނެ މަގެކެވެ.
އެޗްޕީ ވޯޓާ މޭކާސްއާ އެކު ގާއިމުކުރި އެއްބަސްވުމާ އެކު މެރިން ދާއިރާ އާއި އާއްމުންނަށް ސާފު، ރައްކާތެރި ފެން ލިބޭނެކަން ކަށަވަރުކުރަން ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައިވެރިއަކަށް ވުމަށް މަސައްކަތް ކުރާނެ ކަމަށް މެރިން އިކުއިޕްމަންޓުން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ އެއްބަސްވުމާ އެކު ފެން ސާފުކުރުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފަރުމާކުރެވިފައިވާ އާ އުފެއްދުންތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
މެރިން އިކުއިޕްމަންޓްސް އަކީ މެރިން ދާއިރާގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ވަސީލަތްތައް އަދި ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
އެމްއެޗްއޭގެ ސްޓޯލުން ފްރީސާމްޕަލްތަކާއެކު ޑިސްކައުންޓު!
ފުޑް އެންޑް ބެވަރޭޖް ޝޯ ފަށައިފި
ޕިރަމިޑުން ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލާލަން ދެނީ
"އެޒްތާރާ ހެއާ މިރަކަލް" ކްރީމް ޕްލާޒާއަށް
ސެންޓަށް ހާއްސަ ޕްލާޒާ ކޮސްމެޓިކްސް ހުޅުވައިފި
ރިވެލި ބީޗްގެ ޕްރޮމޯޝަނުން ހިލޭ ކައިވެނި ޕާޓީއެއް
ލިވިންއެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލުން ހާއްސަ އޮފާތަކެއް
މެރިން މާސްޓާއިން ޔޫއޭއީއަށް ބޯޓެއް އެކްސްޕޯޓްކުރަނީ
ޔޫރޯއަށް އެމްއެޗްއޭގެ ޕްރޮމޯޝަނެއް
ގްރޫޕް ކޯލް ކުރަން ދިރާގުން "ވާހަކަ" އެޑްއޮން