Roadha Mihaaru

40 އަށް ވުރެ ގިނަ ސްޓޯލާ އެކު ފުޑް އެންޑް ބެވަރޭޖް ޝޯ ހުޅުމާލޭގައި ފަށައިފި

ހައި ރައިޒުން އިންތިޒާމް ކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖު ޝޯ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފި އެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯ ފަށައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 ޖެނުއަރީ 2025

ހައި ރައިޒުން އިންތިޒާމް ކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖު ޝޯ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފި އެވެ.

އެފްއެންޑްބީ ޝޯ އިފުތިތާހު ދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އޭގެ ފަހުން، ނައިބު ރައީސް ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ސޯސަން ފިހާރައިގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޯސަން ފިހާރައިގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި އަހަރު އެ ހަރަކާތުގައި 40 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެފްއެންބީ ކުންފުނިތަކާއި ރެސްޓޯރަންޓުތަކާއި ކުދިވިޔަފާރިތަކުގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އަދި ތައިލެންޑުގެ ވިޔަފާރިތައް ހިމެނެ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބާއްވާ އެ ޝޯގައި އެކި ކުންފުނިތަކުން ވިއްކާ ބްރޭންޑުތަކާއި އެކި ވިޔަފާރިތަކުގެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ހެޔޮ އަގުގައި ގަންނަން ލިބޭނެ އެވެ.

ސޯސަން ފިހަރައިގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޯސަން ފިހަރައިގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި އަހަރުގެ ފުޑް އެންޑް ބެވަރެޖް ޝޯގައި އެންމެ ގިނަ ޕްރޮޑަކްޓުތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބެން ހުރި އެއް ސްޓޯލް އަކީ ސޯސަން ފިހާރައިގެ ސްޓޯލެވެ. އެ ފިހާރަ އިން ވިއްކާ މަގުބޫލު ޕިލްސްބަރީ ކޭކް މިކްސް އިން ތައްޔާރު ކޮށްފައިވާ އެކި ފްލޭވާތަކުގެ ކަޕްކޭކާއި ޕަސްކުއަލް ބްރޭންޑުގެ އާމަންޑް، ސޯއި އަދި އޯޓްސް ކިރުގެ ސާމްޕަލް އާއި އެ ތަނުން ވިއްކާ އެކި ފިޒީ އަދި އެނާޖީ ޑްރިންކުތަކުގެ ރަހަ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް ބެލޭނެ އެވެ. އަދި ސޯސަން ފިހާރަ އިން ވިއްކާ "ޝާން ބިރިޔާނީ" ސްޕައިސް ބޭނުންކޮށްގެން ތައްޔާރު ކުރާ ބިރިޔާނީގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތު ކޮންމެ ރެއަކު ވެސް އެ ސްޓޯލުން ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެފްއެންޑްބީ ޝޯގައި ހުރި ޔޫރޯ ސްޓޯރުގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެފްއެންޑްބީ ޝޯގައި ހުރި ޔޫރޯ ސްޓޯރުގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ފަހަރުގެ އެފްއެންޑްބީ ޝޯގައި ޔޫރޯއިން ވެސް ހާއްސަ ސްޓޯލެއް ވަނީ ގާއިމުކޮށްފަ އެވެ. އެ ސްޓޯލްގައި މިފަހަރު ހާއްސަ ކޮށްފައި ވަނީ އާއްމުކޮށް ރޯދަމަހު ދިވެހިންގެ މެދުގައި މަގުބޫލު އެކި ޕްރޮޑަކްޓުތަކަށެވެ. އޭގެ ތެރޭގައި ސިޔާފާ ކަދުރާއި ރުމޯ ޕާސްތާ އާއި އެކި ވައްތަރުގެ ޕާސްތާ ސޯސް ޑިސްކައުންޓު އަގެއްގައި އެ ތަނުން ގަންނަން ލިބޭނެ އެވެ. އަދި ޖެލާޓޯ އާއި ކަދުރުގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ.

އެފްއެންޑްބީ ޝޯގައި އިކުއިކްސް އިން ވެސް ވަނީ ހާއްސަ ސްޓޯލެއް ހަދާފަ އެވެ. އެ ކުންފުނިން ވިއްކާ "ޔާކީން" ބްރޭންޑުގެ ސޯސް އެކި ކާ އެއްޗިއްސާ އެކު ތަޖުރިބާކުރަން ލިބޭނެ އެވެ. އަދި ސްޓޯލްގައި ހިމެނޭ "ސްޕިން ދަ ވީލް"ގައި ބައިވެރިވެގެން އެކި ވަރުގެ ޑިސްކައުންޓާއި "ބައި ވަން ގެޓް ވަން ފްރީ" ފަދަ އޮފާތައް ލިބޭނެ އެވެ.

މިއަހަރުގެ އެފްއެންޑްބީ ޝޯގައި އެކި ކުންފުނިތަކުގެ އިތުރުން ކުދި ވިޔަފާރިތަކާއި ރެސްޓޯރަންޓުތަކުން ވިއްކާ ކާބޯތަކެތީގެ ރަހަ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޝޯ އޮންނާނީ އާދިއްތަ ދުވަހުގެ ނިޔަލަށް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.