މިއަހަރުގެ ރޯދަމަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދިނުމަށްޓަކައި ރޯދަ މަހަށް ވަކި ބިލެއް ދޭން ނިންމާފައިވާ ސްޓެލްކޯއިން ބުނެފި އެވެ.
26 ފެބުރުއަރީ 2025
މިއަހަރުގެ ރޯދަމަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދިނުމަށްޓަކައި ރޯދަ މަހަށް ވަކި ބިލެއް ދޭން ނިންމާފައިވާ ސްޓެލްކޯއިން ބުނެފި އެވެ.
ޑިސްކައުންޓުގެ ގޮތުގައި ދެނީ މިދިޔަ އަހަރު ވެސް ދިން ގޮތަށް 10 ޕަސެންޓްގެ ޑިސްކައުންޓެވެ.
އެކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ބުނީ މިފަހަރު ރޯދަމަހަށް ބިލް ތައްޔާރުކުރަނީ ވަކިން ކަމަށެވެ.
އެ ކުންފުނިން މީގެ ކުރިން ބިލް ތައްޔާރު ކުރުމަށް ރީޑިން ނަގަން 12 ދުވަސް ނަގަ އެވެ. އެހެންވެ 25 ދުވަހުގެ ތަފާތު އަންނާތީ، މިދިޔަ އަހަރު ބައެއް ގެތަކަށް ދެ މަހުގެ ބިލުން ވެސް ޑިސްކައުންޓް ދޭން ޖެހުނެވެ.
އެކަން ތަކުރާރުވިޔަ ނުދިނުމަށް މިފަހަރުގެ ބިލު ތައްޔާރުކުރުމަށް ނިންމާފައިވަނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައި ކަަމަށް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އަހަރުގެ ނުވަ މަހަށެވެ. އެ މަސްތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައިޑިސްކައުންޓު ދޭނީ އިތުރުވާ އަދަދަށް ބަލައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަރަންޓް ބިލުގެ އިތުރުން ފެން ބިލުން ވެސް ޑިސްކައުންޓް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދޫކުރަން ފަށައިފަ އެވެ. އަދި ރަށްރަށުގައި މަސްދަޅު ކޭސްތައް ގޭގެ އަށް ބަހަމުންދާއިރު، މާލޭގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ކުރިން ބިލް ދެއްކި މީހުންނަށް އަންނަ މަހު ޑިސްކައުންޓް
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
މި ފަހަރު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ