އެއްވަނަ ހޯދާ މީހަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް، "މިހާރު ރޯދަ ކުއިޒް" ރޯދަމަހުގެ ފުރަތަމަ ދުވަހު ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.
އެއްވަނަ ހޯދާ މީހަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް، "މިހާރު ރޯދަ ކުއިޒް" ރޯދަމަހުގެ ފުރަތަމަ ދުވަހު ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.
ކޮންމެ ރޯދަމަހެއްގައި ވެސް، "މިހާރު" އިން ގެނެސްދޭ ރޯދަ ކުއިޒް މި ފަހަރު ފެންނާނީ ތަފާތު ގޮތަކަށެވެ. އެ ކުއިޒުގައި މި ފަހަރު ހިމެނޭނީ ހަމައެކަނި ޓެކްސްޓް ސުވާލެއް ނޫނެވެ. ފޮޓޯ ސުވާލުތައް ވެސް ހިމެނޭނެ އެވެ.
އެ ސުވާލުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ ދީނީ ސުވާލެވެ. އާއްމު މައުލޫމާތުގެ ސުވާލާއި ތާރީހާއި ސަގަފާތުގެ ސުވާލުތަކާއި ކުޅިވަރާ ގުޅުން ހުރި ސުވާލުތަކާއި އަދަބިއްޔާތުގެ ސުވާލުތައް ވެސް ހިމެނޭނެ އެވެ.
ކުއިޒުން އެއް ވަނަ ހޯދާ މީހަކަށް ދޭ އުމްރާ ދަތުރުގެ ސްޕޮންސަރަކީ ޒަމްޒަމް ހައްޖު-އުމްރާ ޖަމާއަތެވެ. މުބާރާތުގެ ދެ ވަނަ ހޯދާ މީހަކަށް ލިބޭނީ ފުލް އޮޓޮމެޓިކް ދޮންނަމެޝިނެކެވެ. ތިން ވަނަ ހޯދާ މީހަކަށް ދޭނީ އެންޑްރޮއިޑް ސްމާޓް ޓީވީއެކެވެ. އެ ދެ އިނާމު ވެސް ސްޕޮންސާކުރީ ރެފްކޫލް އިންނެވެ.
ކުއިޒުގައި ބައިވެރިވުމަށްޓަކައި ފޯނު ނަމްބަރު ރަޖިސްޓަރީ ކުރުމުން އޯޓީޕީ އެއް ލިބޭނެ އެވެ. އެ އޯޓީޕީ ބޭނުންކޮށްގެން ލޮގިން ވުމުން، ކިތަންމެ ގިނައިން ވެސް ސުވާލުތަކަށް ޖަވާބު ދެވޭނެ އެވެ. ސުވާލުތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ރެންޑަމްކޮށް ކޮންމެ މީހަކަށް 30 ސުވާލަށް ޖަވާބު ދޭން ފުރުސަތު ލިބޭނެ އެވެ. އެއް ވަނަ އަށް ދާނީ އެންމެ މަދު ފަހަރެއްގެ ތެރެއިން، އެންމެ ކުޑަ ވަގުތުކޮޅަކުން ރަނގަޅު ޖަވާބު ދޭ މީހެކެވެ.
ކުއިޒުގެ އިތުރުން، ރޯދަމަހަށް ހާއްސަ ސެކްޝަނެއް "މިހާރު" ގެ ވެބްސައިޓުން ފެންނާނެ އެވެ. ރޯދަމަހަށް "މިހާރު" ގެ ނޫސްވެރިން ތައްޔާރުކުރާ ހާއްސަ ރިޕޯޓުތަކާއި އިންޓަވިއުތައް އެ ސެކްޝަންގައި ހިމެނޭނެ އެވެ. އަދި ފޮޓޯ ސްޓޯރީ އާއި ދީނީ ލިޔުންތަކާއި ރެސިޕީ ވެސް ކިޔުންތެރިންނަށް ހާއްސަ ކޮށްފައި ވާނެ އެވެ.
ތަރާވީހު، ދަމުނަމާދުގެ ރަކްއަތްތަކުގެ އަދަދަކީ ކޮބާ؟
ނުކައި ނުބޮއެ ހުރުމަކީ ރޯދަހިފުމެއް ނޫން
ޒިދުނާ ނަގައިދެނީ އާއިލީ ވިޔަފާރީގެ ފިލާވަޅެއް
ރިނބުދޫގެ ހަމަހިމޭންކަމާއި ހިތްގައިމު ދިރިއުޅުން
ދިގު ވާހަކަ: ޑައިރީއަށް ފަހު - 8
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7