ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ ކޯޓުގައި "ތަޅު އެޅުވުން" ކަމަށާއި އެހެންވެ އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
01 މާޗް 2025
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ ކޯޓުގައި "ތަޅު އެޅުވުން" ކަމަށާއި އެހެންވެ އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
"ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކުރުމަކީ އެ ކޯޓުގައި ތަޅު އެޅުވުމެވެ. ކުއްލި ނުރައްކަލުުގެ ހާލަތު މާދަމާ އިއުލާނުކުރިޔަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެ އެވެ. ގާނޫނުއަސާސީގެ ބާރު ދިޔައީ އެވެ." އިބްރާ ލިޔުއްވާފައިވެ އެވެ.
މިހާރު މި އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ މި މައްސަލަ ހުށަހަޅުއްވާފައި މި ވަނީ އިންތިހާބުވި އިރު ހުރި ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން ފެށުމާ އެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުންނެވެ.
ސަސްޕެންޑްކޮށްފައި ވަނީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
"ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ ސިޔާސީ ދާއިރާއިންނެވެ. ގާނޫނުއަސާސީ އާއި ޖުޑިޝަރީ އުވާލައިގެންނެއް ނޫނެވެ." އޭނާ ލިޔުއްވާފައިވެ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލަން ފަށާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު 7 އިން 5 އަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި މިހާރު ވަނީ މަޖިލީހުން އެ ބިލް ފާސް ވެސް ކޮށްފަ އެވެ. ބިލް ތަސްދީގުކުރާތާ ހަތް ދުވަހުގެ ތެރޭގައި، ވަކިކުރަންޖެހޭ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަން ލާޒިމްކޮށްފައިވެ އެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް ގެނައި އިސްލާހު ވެސް ގާނޫނުއަސާސީއާ ހިލާފް ކަމަށް ވިދާޅުވެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލަފާ ދެއްވާފައި ވާއިރު ބާ ކައުންސިލާއި އެ ފަންނުގެ އެތައް ބަޔަކު ދަނީ އެ އިސްލާހާ މެދު ސުވާލު އުފައްދަމުންނެވެ.
އިބްރާ ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުން ބަލައެއްނުގަތް
ޔާމީން ދޫކޮށްލަންކުރި ހުކުމަށް ނަޝީދު ފާޑު ވިދާޅުވެއްޖެ
ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އިންސާފު: ފައިސަލް
އިސްތިއުނާފް ބެންޗްގައި އަމުރު ނެރުއްވި ފަނޑިޔާރު
ޕީއެޗްޑީ ގަބޫލުކުރަން ކުރި ހުކުމް ސުޕްރީމްކޯޓުން ބާތިލް
ޔާމީންގެ މައްސަލަ: އާ ހެކިތަކުގެ ބައި ހުކުމާ ހަމައަށް
"ފަނޑިޔާރުން ނަމޫނާ އަހްލާގެއް ގެންގުޅެންޖެހޭ"
ލާމަރުކަޒީ ގާނޫނުގެ އިސްލާހު ބާތިލުކުރަން ކޯޓަށް
އަނަސްގެ މަރު: ދައުވާލިބޭ މީހުން އެންމެފަހުން ބަންދަށް
ޝަމްއާންގެ ބަންދު އަމުރު ސުޕްރީމް ކޯޓުން ބާތިލެއްނުކުރި