ސަރުކާރުން ސުޕްރީމް ކޯޓުގައި މަރުތަޅު އަޅުވައި، ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
04 މާޗް 2025
ސަރުކާރުން ސުޕްރީމް ކޯޓުގައި މަރުތަޅު އަޅުވައި، ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިީހުން ފާސްކުރީ ވެސް އެ ކަމުގެ ތެރެއިން ކަމަށް ކުއްލި މައްސަލާގައިވެ އެވެ.
އަދި، އެ މައްސަލާގެ އަޑު އެހުމެއް މިދިޔަ ބުރާސްފަތި ދުވަހެއް ތާވަލްކޮށްފައިނިކޮށް، އެ ދުވަހު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ މައްސަލަ ހިނގުން ހުއްޓުވައި، މައްސަލަ ބަލަން ހުރަސް އެޅުން ގޮތުގައި ކުއްލި މައްސަލާގައި ވަނީ ސިފަ ކޮށްފަ އެވެ.
ޝަމްހީދުގެ ކުއްލި މައްސަލާގައި ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު އެ މައްސަލަ ބެލޭނެ ގޮތެއް މިވަގުތު އިތުރަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި އެ ކޯޓުގައި މަރުތަޅު އަޅުވާ ކަމަށް ބުނެފަ އެވެ.
މި އަމަލުތައް ކުށްވެރިކޮށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަށް ހިންގާ ހުރިހާ އަމަލެއް ހުއްޓާލުމަށް ކުއްލި މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި މައްސަލަ ބޭރުކޮށްލާފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ފާސްކުރުމުގައި ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި ހިތަދޫ މެދު ދާއިރާގެ އަހުމަދު އަޒާން މިއަދުގެ ވޯޓުގައި ވޯޓު ދެއްވީ ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށެވެ.
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ބެންޗަށް ބަދަލު ގެންނަ ބިލް މަޖިލީހުން ފާސްކޮށްފި
ފިލްޒާ ލަފާ ދެއްވީ ފަނޑިޔާރުން މަދުކުރާ ބިލާ ދެކޮޅަށް
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
"ބެންޗާ ކުޅެނީ ބޭނުންވާ ކަންތައްތައް ނުވެގެން"
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް
ގޮނޑި ގެއްލޭ އެއްވެސް ކަމެއް ނުހިންގަން އަމުރަކަށް
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލުގެ ބަހުސް ފަށަނީ
"ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް"