Roadha Mihaaru

ގެއްލިގެން ހޯދާ އުސެއިދު މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް

މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި އަހުމަދު އުސެއިދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދާ އުސެއިދު ހުރީ ފުލުހުންގެ ބަންދުގައި

މެލޭޝިޔާގައި ގެއްލިގެން ހޯދަމުން އައި އަހުމަދު އުސެއިދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އެ ގައުމުގެ މޮނާޝް ޔުނިވާސިޓީގައި ކިޔަވާ އުސެއިދު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ ބައްޕަ އަދި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ބ. އަތޮޅު ދާއިރާގެ މެމްބަރު އިބްރާހިމް އަފީފް ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުގައި ދަރިފުޅު އެންމެ ފަހުން ފެނިފައިވަނީ އެ ދުވަހުގެ ހަވީރު 3:15 ހާއިރު އެވެ. އަފީފް "މިހާރު" އަށް ވިދާޅުވީ، އުސެއިދު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި މެލޭޝިއާ ފުލުހުން އަންގައިގެން އާއިލާ ވެސް މިހާރު ތިބީ އެ އިދާރާ އަށް ހާޒިރުވެފަ އެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، އުސެއިދު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މެލޭޝިއާގެ ހޮޓަލެއްގެ ފަރާތުންނެވެ.

އުސެއިދު ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ ހަވީރު 4 ޖެހިއިރު އެމްބަސީ އަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ވިދާޅުވެފައި ވެ އެވެ.

"...ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައިވެ އެވެ. އިއްޔެގެ ވަގުތެއްގައި އުސައިދުގެ ވޮލެޓާއި ކާޑު އެމްބަސީން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވިއަސް އުސައިދާ ބައްދަލު ނުވާ ކަމަށް އަފީފު ވިދާޅުވި އެވެ. "އުސެއިދާ ބައްދަލުވުމުގެ އިތުރު ކަންކަން އެނގޭނީ،" އަފީފު ވިދާޅުވި އެވެ.