13 މާޗް 2017
އަންކަރާ (މާޗް 13) - ތުރުކީގެ ރައީސް އަށް ލިބިދޭ ބާރުތައް ފުޅާ ކުރުމާ ގުޅޭ ގޮތުން ޔޫރަޕުގެ ގައުމުތަކުގައި އުޅޭ ތުރުކީ މީހުންގެ ތާއީދު ހޯދުމަށް ހޮލެންޑުގައި ބާއްވަން އުޅުނު ބައްދަލުވުމަކަށް ހުރަސް އެޅުމުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެ ގައުމަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އަންކަރާ (މާޗް 13) - ތުރުކީގެ ރައީސް އަށް ލިބިދޭ ބާރުތައް ފުޅާ ކުރުމާ ގުޅޭ ގޮތުން ޔޫރަޕުގެ ގައުމުތަކުގައި އުޅޭ ތުރުކީ މީހުންގެ ތާއީދު ހޯދުމަށް ހޮލެންޑުގައި ބާއްވަން އުޅުނު ބައްދަލުވުމަކަށް ހުރަސް އެޅުމުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެ ގައުމަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އުރުދުޣާން ވިދާޅުވެފައި ވަނީ ހޮލެންޑަކީ ހަމަޖެހޭ ސަރުކާރެއް އޮތް ގައުމެއް ނޫން ކަމަށާއި އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ކުރިން ދަންނަވާފައިވާނެ ހުދުމުޚްތާރު ގޮތްތައް އުވިގެން ގޮސްފައިވާ ކަމަށް. އެކަމަކު އަޅުގަނޑަށް ބުނެވުނީ ރަނގަޅަކަށް ނޫން. އެކަން އަދިވެސް ޔޫރަޕުގައި ދެމި އެބައޮތް،" އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން އުޅެނީ އިސްލާމް ދީނާ ދެކޮޅު އެޖެންޑާއެއް ކުރިއަށް ނެރެގެން ކަމަށެވެ.
ހޮލެންޑާ ދެކޮޅަށް ތުރުކީގައި މުޒާހަރާ ކުރި އަންހެނަކު ދިދައެއް ހިފައިގެން. --ފޮޓޯ:އޭއެފްޕީ
ހޮލެންޑުގެ ބޮޑު ވަޒީރު މާކް ރުއްޓޭ ވަނީ އުރުދުޣާން ދެއްކެވި ވާހަކަތަކަށް މައާފަށް އެދުމަށް ގޮވާލައްވައިފަ އެވެ.
ޔޫރަޕުގެ އެކި ގައުމުތަކުގައި ތުރުކީގެ ގިނަ ބަޔަކު އުޅޭތީ ތުރުކީން ދަނީ އެ ގައުމުތަކުގައި ކެމްޕޭން އެއްވުންތައް ބާއްވަމުންނެވެ. ތުރުކީން ބޭރުގައި 5.5 މިލިއަން މީހުން ދިރި އުޅެ އެވެ. ހޮލެންޑުގައި ބާއްވަން އުޅުނު އެއްވުމަކަށް ހުރަސް އަޅާފައިވާ އިރު ޖަރުމަނުގެ ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ ތުރުކީގެ ސިޔާސީ އެއްވުންތައް އެ ގައުމުގައި ނުބޭއްވޭނެ ކަމަށެވެ. ޖަރުމަނުގައި އެކަނި ވެސް ތުރުކީގެ 1.4 މިލިއަން މީހުން އުޅެ އެވެ.
ތުރުކީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނީ އަންނަ މަހު 16 ގަ އެވެ. ވޯޓު ކާމިޔާބު ވެއްޖެ ނަމަ ވަޒީރުން އައްޔަން ކުރުމާއި ވަކިކުރުމާއި ބަޖެޓް ތައްޔާރު ކުރުމާއި ބައެއް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ބައެއް ގާނޫނުތައް އުވާލުމުގެ ބާރު ރައީސް އަށް ލިބިދެވޭނެ އެވެ.
އުރުދުޣާން އަނެއްކާވެސް ކާމިޔާބީއާ ދިމާލަށް
ހުޅަނގު ޔޫރަޕްގެ ފެންބޮޑުވުމުގައި 180 މަރު
އޮޒިލްގެ ކައިވެނީގައި އެންމެ އިސްކޮށް އުރުދުޣާން
ބަޣާވާތުގެ ކުރިން ބަންދުކުރި މީހުން މިނިވަން ކުރަނީ
ތުރުކީ ފުލުހުން ކުންފުނިތައް ފާސްކުރަން ފަށައިފި
ތުރުކީގެ ތިން ކޯޓަށް ފުލުހުން ވަދެގެންފި
ތުރުކީގައި 82000 މުވައްޒަފުންނަށް ފިޔަވަޅު އަޅައިފި
މަރުގެ އަދަބު ދޭނެކަން އުރުދުޣާން ޔަގީން ކޮށްދެއްވައިފި
އުރުދުޣާންގެ ތަގްރީރަށް ހުރަސް އެޅި މައްސަލަ ބޮޑުވެއްޖެ
ސިފައިންގެ ބާރު އުރުދުޣާނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ