02 އޯގަސްޓް 2016
އަންކާރާ (އޮގަސްޓް 2) - ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ސަރުކާރަށް ތާއިދު އޮތްކަން ދެއްކުމަށް ޖަރުމަނުގެ ކޮލޯންގައި އާދިއްތަ ބޭއްވި އެއްވުމުގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ލައިވް ތަގްރީރަކަށް ހުރަސް އެޅި މައްސަލަ ބޮޑުވެއްޖެ އެވެ.
އަންކާރާ (އޮގަސްޓް 2) - ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ސަރުކާރަށް ތާއިދު އޮތްކަން ދެއްކުމަށް ޖަރުމަނުގެ ކޮލޯންގައި އާދިއްތަ ބޭއްވި އެއްވުމުގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ލައިވް ތަގްރީރަކަށް ހުރަސް އެޅި މައްސަލަ ބޮޑުވެއްޖެ އެވެ.
މި މައްސަލާގައި ހިތްހަމަ ނުޖެހިގެން ތުރުކީން އިއްޔެ ވަނީ ޖަރުމަނުގެ ސީނިއާ ޑިޕްލޮމެޓަކު ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ.
ކޮލޯންގައި ބޭއްވި ބޮޑު އެއްވުމުގެ ކުރިން ޖަރުމަނުގެ ދުސްތޫރީ ކޯޓުން ވަނީ އެ އެއްވުމުގައި ތުރުކީގެ އެއްވެސް ސިޔާސީ މީހަކު ވީޑިއޯ މެދުވެރިކޮށް ނަމަވެސް ތަގްރީރު ކުރުން މަނާކޮށްފަ އެވެ. ޖަރުމަނުގެ މި ނިންމުމާ ގުޅިގެން ތުރުކީގެ ރިޔާސީ ތަރުޖަމާން އިބްރާހިމް ކާލިން ވިދާޅުވީ އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރުކީ ދަރިކޮޅުގެ ތިން މިލިއަން މީހުން ޖަރުމަނުގައި ދިރިއުޅެ އެވެ. ގައުމުން ބޭރުގައި ތުރުކީގެ އެންމެ ބޮޑު އާބާދީއެއް އޮތީ ވެސް ޖަރުމަނުގަ އެވެ.
އޮޒިލްގެ ކައިވެނީގައި އެންމެ އިސްކޮށް އުރުދުޣާން
ހޮލެންޑާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް
ތުރުކީގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ބަޔަކު ހައްޔަރު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން
ހަމާސް އާއި އިޒްރޭލު އެއް ތަރާދަކުން ނުކިރޭނެ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން