ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ތައިލެންޑުގެ ކުންފުންޏަކާ އެކު، ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކޮށްފައިވީ ނަމަވެސް އެ ކުންފުނިން ރިޕޯޓުތައް ހުށަނާޅާތީ މަސައްކަތް މަޑުޖެހިއްޖެ އެވެ.
06 މާޗް 2025
ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ތައިލެންޑުގެ ކުންފުންޏަކާ އެކު، ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކޮށްފައިވީ ނަމަވެސް އެ ކުންފުނިން ރިޕޯޓުތައް ހުށަނާޅާތީ މަސައްކަތް މަޑުޖެހިއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތިނަދޫގައި އެއާޕޯޓެއް އަޅަން ތައިލެންޑުގެ ޕޭން ޕެސިފިކްއާއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އެ ރަށު ސްކޫލުގެ ހޯލުގައި ފެބްރުއަރީ 20، 2024 ބޭއްވި ރަސްމިއްޔާތުގައި 400-600 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ތައިލެންޑުގެ ޕޭން ޕެސިފިކްއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގެވެ.
އެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރަށް ވެގެން ދިޔަ ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ފޮނުވި ސުވާލުތަކަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުމަކަށް ފަހު މިއަދު ވަނީ ޖަވާބު ދީފަ އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.
އެ ޖަވާބުގައި މިނިސްޓްރީން ބުނީ އެއާޕޯޓު އެއްބަސްވުމުގައި ސޮއިކުރީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓުގެ ދަށުން ކޮންޓްރެކްޓަރު ހުށަހަޅާފައިވާ ޕްރޮޕޯޒަލަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
އެކަމަކު، ކޮންޓްރެކްޓަރުގެ ފަރާތުން ތިނަދޫ އެއާޕޯޓުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް މިނިސްޓްރީ އަށް ހުށަހަޅާފައި ނުވާތީ އެ މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅޭގޮތުން ހަ ސުވާލެއް މިނިސްޓްރީ އަށް ފޮނުވި ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
މުއްތޮލިބު ކުރިން ވިދާޅުވެފައި ވަނީ ކޮންޓްރެކްޓް އެއްބަަސްވުމުގައި ސޮއިކުރާނީ ތައިލެންޑުގެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
ތިނަދޫ އެއާޕޯޓުގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، އެ އެއާޕޯޓު ހެދުމުގެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި އެ ހުރިހާ ކަމެއް ކުރާނީ ސީދާ އިންވެސްޓަރު ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ތިނަދޫ ފަޅުގައި އެއާޕޯޓު އެޅުމާއެކު، ގދ. އަތޮޅުގައި ޓޫރިޒަމް ސިނާއަތާއި އެހެނިހެން އިގުތިސާދީ ކަންކަމަށް ވެސް އިންވެސްޓްކުރުން ހިމެނެ އެވެ.
މުއްތޮލިބު ވިދާޅުވި ގޮތުގައި ގދ. އަތޮޅުގައި ވަސީލަތްތައް ހުއްޓަސް އަތޮޅުން ތަރައްގީ ނުފެންނަނީ ސަރުކާރުތަކުން އަޅާ ނުލައި އޮތުމުންނެވެ. އެހެންވެ، އިތުރު އެއާޕޯޓެއް އެޅުމަކީ އަތޮޅުގެ ތަރައްގީ އަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތިނަދޫގައި ހަދާނީ އެންމެ ބޮޑެތި ބޯޓުތައް ރަންވޭގައި ޖެއްސޭ ފަދަ އެއާޕޯޓު ކަމަށާއި އެތަނުގައި ފްލައިން ޕޫލަކާއި ކާގޯ ހިދުމަތް ދެވޭނެ ތަނަކާއި ފިއުލް ފާމެއް ވެސް ގާއިމު ކުރައްވާނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.
އެއާޕޯޓާއެކު ކޮންޓްރެކްޓަރު ވަނީ އެ ސަރަހައްދުގައި 12 ރިސޯޓު ތަަރައްގީ ކުރަން ވެސް ހުށަހަޅައިފަ އެވެ. އޭގެ ސަބަބުން އެތައް އެނދެއް އެތަނުގައި ގާއިމުކޮށް، ހުވަދު އަތޮޅަށް ބޮޑު ބަދަލެއް އަންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެއާޕޯޓާ އެކު 12 ރަށް ދިނުމަކީ އަދި ހުށަހެޅުމެއް
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
ތިލަފުށި-ޔޫޓީއެފް ބްރިޖުގެ ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން
ސަރުކާރުތަކަށް ސިޔާސީ މަންފާ، ރައްޔިތުންނަށް ވެލި!
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން