ފަލަސްތީނުގެ ޣައްޒާ ހިފައި އެތަނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަށް ފަހު އެތަން ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމުގެ ބަދަލުގައި އަރަބި ލީގުން ހުށަހެޅި ގޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބަލައިގަނެ އެ ހުށަހެޅުން ފާސްކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާ ހިފައި އެތަނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަށް ފަހު އެތަން ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމުގެ ބަދަލުގައި އަރަބި ލީގުން ހުށަހެޅި ގޮތް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބަލައިގަނެ އެ ހުށަހެޅުން ފާސްކޮށްފި އެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، 57 މެންބަރުންހިމެނޭ އެ ޖަމާއަތުން މިގޮތަށް ނިންމީ މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ސަމިޓެއްގައި އަރަބި ލީގުން މި ޕްލޭން ތަސްދީގުކުރިތާ ތިން ދުވަސް ފަހުންނެވެ.
މިސްރުން އެކުލަވާލައި އަރަބި ލީގުން ފާސްކުރި ޕްލޭންގައި ވަނީ ޣައްޒާގައި ފަލަސްތީން އޮތޯރިޓީގެ ވެރިކަމެއް ގާއިމުކޮށް އެ ސަރުކާރުގެ ބެލުމުގެ ދަށުން ޣައްޒާ އަލުން އާރާސްތުކުރުމަށެވެ.
"އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ މިނިސްޓަރުންގެ ކުއްލި ބަދަލުވުމުގައި ވަނީ މިސްރުގެ ޕްލޭން ބަލައިގެންފައި. އެހެންވެ މިހާރު މިއީ އަރަބި-އިސްލާމީ ޕްލޭނެއް،" މިސްރުގެ ފޮރިން މިނިސްޓަރު ބަދުރް އަބްދުއްލަތީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް އުންމީދީ ނިންމުމެއް ކަމަށެވެ.
ޣައްޒާ އޮތީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައި ކަމަށް ވާއިރު ޓްރަމްޕް ވަނީ އެތަނުގައި ދެން މީހުންނަށް އުޅެވެން ނެތް ކަމަށާއި ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުންއަށް ގެންގޮސް އެތަން ރީތި ރިސޯޓެއް ގޮތަށް ތަރައްގީކުރާނީ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ މި ވާހަކައަށް އިޒްރޭލު ތާއީދުކޮށް އެކަން ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް ގައުމުތަކާއި ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ދެކޮޅުހަދައިފަ އެވެ.
ގާހިރާގައި އަންގާރަ ދުވަހު ބޭއްވި ސަމިޓުގައި އަރަބި ލީޑަރުން ވަނީ ޣައްޒާ އާރާސްތުކުރުމަށް ފައިސާ ހޯދުމަށް ޓްރަސްޓް ފަންޑެއް ވެސް އިއުލާނުކޮށް އެކަމަށް ތާއީދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދިފަ އެވެ.
"ދެން ކުރަންޖެހޭ ކަމަކީ ޔޫރަޕިއަން ޔުނިއަން އާއި ޖަޕާން، ރަޝިޔާ، ޗައިނާ އަދި އެހެން ބައިވެރިން ވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ޖަމާއަތްތައް މެދުވެރިވެގެން މިއީ ބައިނަލްއަގުވާމީ ޕްލޭނަކަށް ހެދުން،" މިސްރުގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަރާތްތަކާ މިހާރުވެސް މިކަމުގެ މައުލޫމާތު ހިއްސާކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި މިކަމުގައި އެމެރިކާއާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭންގައި ހަމާސް ޖަމާއަތުގެ ދައުރަކީ ކޮބައިކަމެއް ނެތެވެ. އެމެރިކާ އާއި އިޒްރޭލުން ބުނަމުން ދަނީ ޣައްޒާ ހަމާސްގެ ވެރިކަމެއްގެ ދަށުގައި ނުބޭއްވޭނެ ކަމަށެވެ.
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
ޣައްޒާގެ ޕްލޭނަށް ސަލާމަތީ މަޖިލީހުން ވޯޓު ނަގަނީ
ޣައްޒާއަށް ފައުޖު ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހަށް
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފް
ހަނގުރާމަ ނިމިއްޖެ: ޓްރަމްޕު
ޣައްޒާގެ ޑީލަކަށް ފުރުސަތު އެބަ އޮތް: ޓްރަމްޕު
އިޒްރޭލުން ހަމަލާތައް ހުއްޓާލަން ޓްރަމްޕު ގޮވާލައިފި
ޣައްޒާގެ ހަމަލާ ހުއްޓުވަން ޓްރަމްޕުގެ ބޮޑު ހުށަހެޅުމެއް
"ޓްރަމްޕަށް ނޮބެލް ލިބޭނީ ޣައްޒާ ހަމަލާ ހުއްޓުވުމުން"
އިޒްރޭލުގެ ކުރީގެ އޮފިޝަލުން އެދެނީ ހަމަލާތައް ހުއްޓަން