އަންނަ ސީޒަނުގައި ވެސް ލިވަޕޫލްގައި އޭނާ ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފި އެވެ.
12 މާޗް 2025
އަންނަ ސީޒަނުގައި ވެސް ލިވަޕޫލްގައި އޭނާ ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ވެންޑައިކް، ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ. އެއްބަސްވުން އާ ކުރުމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށް ނެދަލެންޑްސްގެ ޑިފެންޑަރު ބުންޏެވެ.
"(އެކަމާ ގުޅޭ) އެއްވެސް އެއްޗެއް މި ވަގުތު އަހަންނަކަށް ނޭނގެ. އަސްލު ވެސް މި ބުނީ އަހަންނަށް އެއްވެސް އެއްޗެއް ސާފެއް ނުވޭ،" އޯގަސްޓް މަހު ވެސް ލިވަޕޫލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނާނަންތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ.
"އަހަންނަކަށް ނޭނގެ އަންނަ އަހަރު [އަންނަ ސީޒަނުގައި] ވާނެ ގޮތެއް ވެސް. އެއްވެސް މީހަކު އެކަން އެނގޭ ކަމަށް ބުނެފިނަމަ ކަލޭމެންގެ ކުރިމަތީގައި އެމީހަކު އެ ހަދަނީ ދޮގު."
އޭނާ ބުނީ ފަރުދާގެ ފުރަގަހުގައި ވާހަކަތައް ދެކެވޭނެކަން އެންމެން ދަންނާނެ ކަމަށެވެ. އެކަމަކު އޭނާ ޓީމުގައި މަޑުކުރުމާ ބެހޭގޮތުން އެއްވެސް ކަމެއް ހަމަނުޖެހޭ ކަމަށް ލިވަޕޫލާ އެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި ޑިފެންޑަރު ބުންޏެވެ.
"އެކަމާ ބެހޭގޮތުން އޮތީ އަހަރެން މި ބުނި ގޮތަށް،" އޭނާ އިތުރަށް ޔަގީންކޮށްދިނެވެ.
ވެންޑައިކް ބުނީ އަންނަ ސީޒަނާ މެދު ވިސްނުމަށް ވުރެ އޭނާ ވިސްނަނީ މި ސީޒަނަށް ކަމަށެވެ. އާން ސްލޮޓްގެ ޓީމު އޮތީ ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގަ އެވެ. އެ މަގާމުގައި އެ ޓީމަށް 15 ޕޮއިންޓްގެ ބޮޑު ލީޑެއް އެބައޮތެވެ. ލީގުގައި އެ ޓީމަށް ބާކީ އޮތީ 10 މެޗެވެ.
ވެންޑައިކް ބުނީ އޭނާގެ ހަމައެކަނި ވިސްނުމަކީ އެ ދިހަ މެޗު ކަމަށެވެ.
ޕީއެސްޖީ އަތުން ބަލިވުމުން ޗެމްޕިއަންސް ލީގުން ލިވަޕޫލު ވަނީ ކަޓައިފަ އެވެ. ދެން އެ ޓީމަށް އޮތީ ދެ ތައްޓެއް ހޯދުމުގެ ފުރުސަތެވެ. އަންނަ އާދިއްތަ ދުވަހު، ލީގު ކަޕް ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލު ނުކުންނާނެ އެވެ. އެ މެޗުން ސީޒަނުގެ ފުރަތަމަ ތަށީ އެ ޓީމަށް ކާމިޔާބު ކުރެވޭނެ އެވެ.
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ފުލުގައި އޮތް ޕްލިމައުތުން ލިވަޕޫލު ކަޓުވާލައިފި
ލިވަޕޫލް ބަލިވެއްޖެ، ވެންޑައިކަށް ގޯސްވީ ރެފްރީ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން