ލީގު ކަޕުން ކެޓި ނަމަވެސް ކުރިން ނެތް ޕްރެޝަރެއް މިހާރު އިތުރުކަށް ނެތް ކަމަށް ކޯޗު އާނެ ސްލޮޓް ބުނެފި އެވެ.
30 އޮކްޓޯބަރ 2025
ލީގު ކަޕުން ކެޓި ނަމަވެސް ކުރިން ނެތް ޕްރެޝަރެއް މިހާރު އިތުރުކަށް ނެތް ކަމަށް ކޯޗު އާނެ ސްލޮޓް ބުނެފި އެވެ.
އެ މުބާރާތުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލު ބަލިވީ 3-0 ންނެވެ.
އެ ބައްޔަކީ ލިވަޕޫލުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމަށް ކުރިމަތިވި ހަވަނަ ބައްޔެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލު، ލީގުގައި ވެސް މިހާރު ނެރެމުންދަނީ ދަށް ނަތީޖާތަކެކެވެ. އެ ހާލަތު ބަދަލުކުރުމުގައި ސްލޮޓަށް އަދި މިހާތަނަށް ކާމިޔެއް ނުހޯދެ އެވެ. އެހެންވެ އޭނާ އަށް އޮތް ޕްރެޝަރު ވެސް ބޮޑެވެ.
"މެޗަކުން ބަލިވުމަކީ އަބަދުވެސް އުނދަގޫވާނެ ކަމެއް. ހާއްސަކޮށް ފުޓްބޯޅަ މުބާރާތަކުން ކަޓައިގެން ދިއުމަށް މަގުފަހިވާ މެޗަކުން ބަލިވުމުން އުނދަގޫ ކުރިމަތި ވާނެ،" ސްލޮޓް ބުންޏެވެ.
"... ވަރަށް ގިނަ ސަބަބުތަކެއް ހުންނާނެ ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވުމުގައި. މިއީ އެއްވެސް މެޗަކީ ބަލައިގަންނަށް އެހާ ފަސޭހަ މެޗަކަށް ނުވާނެ. ސަބަބަކީ ގިނަ މެޗުތަކަކުން ބަލިވީމަ."
އޭނާ ބުނީ އެ މެޗުތަކުން ބަލިވުމުގައި ހުރި ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދައްކައި އެ ސަބަބުތައް ހުށަހެޅިއަސް ނުފުދޭނެ ކަމަށެވެ.
"ސަބަބަކީ ލިވަޕޫލު ހަ މެޗުން ނުވަތަ ހަތް މެޗުން ބަލިވުމަކީ ވަރަށް ބޮޑުކަމަކަށް ވާނެތީ،" އޭނާ ބުންޏެވެ.
އެކަހަލަ ދަށް ނަތީޖަތަކެއް ކުރިމަތިވާނަމަ ލިވަޕޫލަށް ކުޅޭ ކުޅުންތެރިންނާއި އެ ޓީމުގެ ކޯޗުކަން ކުރަން ހުންނަ މީހަކަށް ޕްރެޝަރު އޮންނާނެ ކަމަށެވެ.
"އެކަމަކު އަހަންނަކަށް ހީއެއްނުވޭ މި މެޗުން ބަލިވެގެން ވަކި އިތުރު ޕްރެޝަރެއް އޮންނާނެހެނެއް،" ސްޮލޓް ބުންޏެވެ.
ލީގުގައި ބްރެންޓްފޯޑް އަތުން ބަލިވި މެޗުގައި ކުޅުނު ފުރަތަމަ 11 އަށް ސްލޮޓް ރޭ ވަނީ 10 ބަދަލު ގެނެސްފަ އެވެ. ސްލޮޓް ބުނީ މިދިޔަ ސީޒަނުގައި ވެސް ލީގު ކަޕްގެ މެޗުތަކަށް އޭނާ ޓީމު ނެގީ އެ އުސޫލުން ކަމަށެވެ.
ލިވަޕޫލް ބަލިވެއްޖެ، ވެންޑައިކަށް ގޯސްވީ ރެފްރީ
ހުރިހާ ތައްޓަކަށް ވާދަކުރަން ބޭނުން: ސްލޮޓް
ކްލޮޕްގެ ވަދާއީ ލީގުކަޕު ޗެލްސީ ރޮއްވާލައި ތަށިނަގައިފި
ލިވަޕޫލަށް ވެގެން އުޅޭގޮތާ މެދު ސްލޮޓް ސުވާލުމާކެއްގައި
ނަތީޖާ މިހާ ދަށް ވެދާނެކަމަކަށް ސްލޮޓް ހީއެއްނުކުރޭ
ލީގު ކަޕުގައި ލިވަޕޫލާއި ޗެލްސީ އަށް އުނދަގޫ މޮޅެއް
ލިވަޕޫލު ހުއްޓުވުމަކީ ނުކުރެވޭނެކަމަށް ވެދާނެ: މަރެސްކާ
ސޮބޮސްލާއީ ޖެހީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ފްރީކިކް؟
ފުރަތަމަ ތަށި ލިވަޕޫލަށް ގެއްލިއްޖެ، ގޯހީ ޑިފެންސް
ލިވަޕޫލުގެ އޯނަރުން ގެޓާފޭ ގަންނަން މަޝްވަރާ ކުރަނީ