13 މާޗް 2025
ސްކޭޓް ކުރުމުގެ ހުނަރާއި ޝައުގުވެރިކަން އިންތިހާ އަށް ހުރި އަރުޝީ މުހައްމަދު ވަހީދު ސްކޭޓް ބޯޑު ކައިރީ އިށީދެލައިގެން: އަރުޝީގެ ގެއާ މާދުރު ނޫން ހިސާބެއްގައި ބީއެމްއެލްގެ އެހީގައި 2021 ވަނަ އަހަރު ހެދި ސްކޭޓް ޕާކު ވެފައި ވަނީ ވަރަށް ބޮޑު އުފަލަކަށް. އުމުރުން މިހާތު ހަ އަހަރުގެ އަރުޝީއެކޭ އެއްފަދައިން ވާދޫގައި ސްކޭޓް ފޯރި އިތުރު ކުރުމަށް ވެސް މި ސްކޭޓް ޕާކު މުހިންމު ދައުރެއް އަދާކުރޭ.---ފޮޓޯތައް: ފަޔާޒު މޫސާ| މިހާރު
އަރުޝީ ސްކޭޓް ބޯޑު ދުއްވަނީ: މި ކުޑަކުއްޖާގެ އުމުރުން އެންމެ ހަތަރު އަހަރުގައި ވަނީ ސްކޭޓް ބޯޑުގައި އުދުހެން ފަށާފައި. ވާދޫގައި އުޅޭ މި އުމުރުގެ ކުދިންގެ ތެރެއިން ސްކޭޓް ބޯޑު ދުއްވުމުގެ އެންމެ ބޮޑު ހުނަރެއް ލިބިފައިވާ އެއް ކުއްޖަކީ ވެސް އަރުޝީ.
"މިހާރު" ގެ ނޫސްވެރިން ވާދު އަށް ކުރި ދަތުރުގައި، އެ ރަށުގެ ސްކޭޓް ޕާކް ކައިރިއަށް ދިޔަ ވަގުތު އެންމެ ބޮޑަށް އަޅައިގަތީ އަރުޝީގެ ހުނަރު. ވަރަށް މަޑުމަޑުން ހުންނަ ކުއްޖެއް ކަމަށް ވިޔަސް ސްކޭޓް ޕާކުގައި އެއީ ހުނަރުން ފުރިފައިވާ ކުއްޖެއް.
ސްކޭޓްގެ އުކުޅުތައް އަރުޝީ ދައްކާލަނީ އެއްވެސް ޖެހިލުމެއް ނެތި. އަރުޝީގެ އެ ހުނަރު ބަލަން އެ ކުއްޖާ އަށް ވުރެ މާ ދޮށީއުމުރުގެ ކުދިން ވެސް ބަލަން ތިބެނީ ޝައުގުވެރިކަމާ އެކު.
ބީއެމްއެލް އިން ވާދޫގައި ހަދައިދިން ސްކޭޓް ޕާކުގައި އަރުޝީ ސްކޭޓް ބޯޑު ހިފައިގެން ފޮޓޯއަކަށް ހުއްޓިލައިގެން. މިއީ ބީއެމްއެލް އިން މި ރަށަށް ހަދިޔާކުރި ވަރަށް ބޮޑު "އެސެޓް" އަކަށް ވަނީ ވެފައި.
މިހާރު ކޮއްޅަށް ހުރެ ރޭމްޕް މަތިން ވެސް އަރުޝީ ފަސޭހަކާ އެކު ސްކޭޓް ކުރޭ. މި ހުނަރު އޭނާ އަށް ދަސްކޮށްދިނުމުގައި އެ ތަނަށް ސްކޭޓް ކުރަން ދާ އެހެން ކުދިންގެ ބޮޑު އެހީތެރިކަމެއް ލިބޭ.
އަރުޝީގެ މަންމަ އަށް ވެސް އެއްދުވަހު ފެނުނީ އަރުޝީ ބޯޑުމަތީގައި ހުރެ ސްކޭޓް ކުރަމުން ދިޔަ ތަން. އެއީ މަންމަ އަށް ވެސް ލިބުނު ކުއްލި ހައިރާންކަމެއް. މި ފަހުން ސްކޭޓް ކުރަނިކޮށް، ވެއްޓި ކުޑަވަރެއްގެ އަނިޔާއެއް ލިބިފައިވާތީ، ސްކޭޓް ކުރުން ކުޑަކޮށް މަޑުޖެހިފައި ވިޔަސް އަރުޝީގެ އެ ޝައުގުވެރި ކަމަކަށް އެއްވެސް ބަދަލެއް ނާދޭ.
މިހާރު ގްރޭޑް 1 ގައި ކިޔަވަމުން އަންނަ އަރުޝީ އެންމެ ބޮޑަށް ކުރާ ހިތްވާ ކަމަކީ ސްކޭޓް ކުރުން. ގެއިން ބޭރަށް ނުކުންނަ ގަޑިއެއްގައި ނަމަ އަރުޝީގެ ކަމަކީ ސްކޭޓް ކުރުން. އޭނާ ހުރީ މި ކުޅިވަރުގައި ކުރިއަށް ދާން ވަރަށް ބޭނުންވެފައި. ސްކޭޓް ކުރަން ދާ އެހެން ކުދިންނަށް ވެސް އޭނާގެ އެ ހުނަރާއި އުކުޅުތައް އަރުޝީ މިހާރު ދަސްކޮށްދޭ. އެކަމަކު, އެ ޕާކުގައި ސްކޭޓް ކުރާ ކުދިންނަށް އެކަށީގެންވާ ފުރުސަތުތަކާއި ވަސީލަތްތައް ނުލިބުމަކީ އެ ކުދިންގެ ހުނަރު ތަރައްގީ ކުރަން އެޅިފައި އޮތް ވަރަށް ބޮޑު ހުރަހެއް. ނަމަވެސް ބީއެމްއެލްގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކީ، ސްކޭޓް ޕާކެއް ހެދުމަކީ މިފަދަ ކުދިންނަށް ލިބިފައިވާ ބޮޑު ކުރިއެރުމެއް. ދެން ބޭނުން ވަނީ ސްކޭޓް ކުރުމަށް ހިތްވަރުދޭ ފަރާތްތަކުގެ އެހީތެރިކަން.
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
އިބްރާހީމްފުޅު މިއުޒިއަމްހާ މުއްސަނދިތަނެއް ނެތް!
ރޯދައިގެ އަޅުކަމަށް ކުޑަކުދިން ފަރިތަކުރުވުން
މި ރަށު ކޮންމެ ގެއެއްގައި އުނދޯއްޔެއް!
ރިނބުދޫގެ ހަމަހިމޭންކަމާއި ހިތްގައިމު ދިރިއުޅުން
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ނިކަމެތި ހާލާ މެދު ދުއާ ކުރަނިކޮށް ލިބުނު ނިއުމަތް
ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ
ރިނބުދޫ އިން އެހެން މަންޒަރެއް