ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.
13 މާޗް 2025
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ވިޒިޓް މޯލްޑިވްސް" އިން އިނގިރޭސި ވިލާތުގެ ލިވަޕޫލާ އެކު "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއް ގާއިމު ކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން އެކި ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ލިވަޕޫލާއި އެމްއެމްޕީއާރުސީގެ "ގުޅުން" ރަސްމީކޮށް އިއުލާން ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހު ލިވަޕޫލު އެފްސީ، އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށާއި އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެ އިދާރާ އިން ބުނިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން "ވިޒިޓް މޯލްޑިވްސް" އަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ބޮޑު ތަރުހީބެއް ލިބޭނެ އެވެ. މިއީ ކްލަބުގެ މަަޝްހޫރު ކަމުގެ ބޭނުން ހިފައި، އެ ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރުމަށް ބާރު އަޅާނެ ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެެވެ.
އެ އެއްބަސްވުމާ އެކު، މި އަހަރުގެ ތެރޭގައި އިތުރު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށާއި އޭރުން ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
Visit Maldives is thrilled to announce that we are the official tourist destination partner for Liverpool FC! ?⚽️
— Visit Maldives (@visitmaldives) March 13, 2025
Get ready to experience the perfect blend of tropical paradise and world-class football, creating unforgettable moments for fans around the globe! ?✨ pic.twitter.com/K76zmlwJpr
އެމްއެމްޕީއާރުސީން ބުނިގޮތުގައި، ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނާނެ އެވެ. ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ޖަހައި އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ވެސް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ. އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިއްމު މާކެޓުތަކުގެ ޓޫރިސްޓުންނަށް އަމާޒު ކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލަން ހަމަޖެހިފައިވެ އެވެ.
އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެ އެވެ.
"މި ޕާޓްނާޝިޕް އިން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށް ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރު ދިނުން،" އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ބުނީ، އެ އޯޑިއަންސްގެ ތެރެއިން އެންމެ ދެ ޕަސެންޓް މީހުން ރާއްޖެއަށް ޒިޔާރާތް ކުރިޔަސް އަމާޒަށް ވާސިލް ވެވޭނެ ކަމަށެވެ.
- ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް.
- ފޭން ޒޯނުތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓުތަކާއި ބައިވެރިވާ ފެއާތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވޭ.
- އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކުރުމާއި ބުކިންތައް އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނޭ.
- ޕްރިމިއަމް ބްރޭންޑިން ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރީޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ ކަމަށާއި އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެ ކަމަށް ބެލެވޭ.
އެލްއެފްސީގެ ބައިނަލްއަގްވާމީ ނުފޫޒުގެ ބޭނުން ހިފައި "ވިޒިޓް މޯލްޑިވްސް" ގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުންނާ ގުޅުން ބަދަހިކޮށް، ރާއްޖެ އިހުތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
އާ އަހަރަށް މަހުޖަނުންގެ ޖެޓުތައް ރާއްޖެ އަށް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ޝިއުރީ
2026ގެ އައިޓީބީ ފެއާ ރާއްޖޭން ހޯސްޓުކުރުމުގެ އަމާޒު