ވޮޝިންޓަން (މާޗް 14) - ރައީސް ޑޮނަލްޑް ޓްރަމްޕް ތައާރަފް ކުރެއްވި ހެލްތުކެއާ ޕްލޭނުގެ ސަބަބުން އެމެރިކާގެ 14 މިލިއަނަށް ވުރެ ގިނަ މީހުންނަށް އަންނަ އަހަރު ސިއްހީ އިންޝުއަރެންސް ގެއްލޭނެ ކަމަށް ބަޖެޓުގެ ދިރާސާ އިން ދައްކައިފި އެވެ.
14 މާޗް 2017
ވޮޝިންޓަން (މާޗް 14) - ރައީސް ޑޮނަލްޑް ޓްރަމްޕް ތައާރަފް ކުރެއްވި ހެލްތުކެއާ ޕްލޭނުގެ ސަބަބުން އެމެރިކާގެ 14 މިލިއަނަށް ވުރެ ގިނަ މީހުންނަށް އަންނަ އަހަރު ސިއްހީ އިންޝުއަރެންސް ގެއްލޭނެ ކަމަށް ބަޖެޓުގެ ދިރާސާ އިން ދައްކައިފި އެވެ.
ރިޕަބްލިކަން ޕާޓީގެ ޕްލޭން ކޮންގްރެސްގެ ބަޖެޓް އޮފީސް (ސީބީއޯ) އިން ދިރާސާ ކުރުމަށް ފަހު ބުނެފައި ވަނީ 2026 ވަނަ އަހަރު 24 މިލިއަން މީހުންނަށް އިންޝުއަރެންސް ގެއްލޭނެ ކަމަށެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ފާސްކޮށްފައިވާ އެފޯޑެބްލް ކެއާ އެކްޓް ނުވަތަ އޮބާމާކެއާގެ ބަދަލުގައި ރިޕަބްލިކަން ސަރުކާރުން ތައާރަފް ކުރި އެމެރިކަން ހެލްތު ކެއާ އެކްޓަށް ޓްރަމްޕް ވަނީ ތާއީދު ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އާ ނިޒާމުގެ ސަބަބުން ބަޖެޓުން ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ބުނަމުން ދަނީ ޓްރަމްޕް ތައާރަފް ކުރެއްވި ނިޒާމުން ދައްކަން ޖެހޭ ޕްރިމިއަން ކުޑަވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ޓްރަމްޕް ވަނީ އޮބާމާކެއާ ބިލް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޮބާމާކެއާ އުވާލަން އުޅޭތީ ޑިމޮކްރެޓިކް ޕާޓީން ބުނަމުން ދަނީ މިއީ ރައީސް އޮބާމާ އާއި އެ ޕާޓީގެ އަގު ވައްޓާލަން ރިޕަބްލިކަން ޕާޓީން ކުރަން އުޅޭ ކަމެއް ކަމަށެވެ.
ސަބްސިޑީ ކަނޑާލުމުން އޮބާމާކެއާ މަރުވެއްޖެ: ޓްރަމްޕް
އޮބާމާކެއާ "މަރުވެއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
އެމެރިކާ ސަރުކާރުގެ "ރެކޯޑް ބަންދު" ނިމުމަކަށް
އައިސިސްއާ ދެކޮޅު އިއްތިހާދުގައި ސީރިއާ ބައިވެރިވަނީ
ކުރީގެ "ޓެރަރިސްޓް" އެންމެ ފަހުން ވައިޓް ހައުސްއަށް
އެމެރިކާގެ 'ސިޔާދަތު' ގެއްލިއްޖެ: ޓްރަމްޕު
މަމްދާނީ ހޮވިއްޖެނަމަ ނިއުޔޯކަށް ދަތިކުރާނަން: ޓްރަމްޕް