ކަނޑު ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި 10 މީހަކު ހައްޔަރުކޮށްފި އެވެ.
ކަނޑު ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި 10 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތިން ހުއްޓުވި ބޯޓަކުން ހަތް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ބޯޓުގައި 10 މީހަކު ތިބިއިރު، އެ އެންމެން ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާގެ ހަ މީހެއް އަދި އިންޑޮނީޝިއާގެ ތިން މީހެކެވެ.
އެމީހުން ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ ދިވެހި މީހާގެ ބަންދަށް ދީފައިވަނީ އެއް ދުވަހެވެ. އަދި އިންޑިއާގެ ތިން މީހަކާއި އިންޑޮނީޝިއާގެ ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ވަނީ ދީފަ އެވެ. ދެން ތިބި މީހުން ބަންދުކުރީ އެއް ދުވަހަށެވެ.
އެމީހުންގެ ބަންދަށް 1-5 ދުވަހާ ދެމެދު މުއްދަތެއް ދީފައިވަނީ އިނގިރޭސި ބަސް ރަނގަޅަށް ނޭނގޭތީ ތަރުޖަމާނައަކު ހޯދުމަށް ވަގުތު ދިނުމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހާފްވޭހައުސްއަށް މަސްތުވާތަކެތި އެއްލި މީހަކު ހައްޔަރު
ދެ ކިލޯގެ ޑްރަގާއެކު އަތުލައިގަތް މީހަކަށް 12 އަހަރު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ޑްރަގް ބޮޑު މައްސަލައެއްގައި ދޫކުރި މައްސަލަ ނުބެލި
ޑްރަގު ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރަށްޖަލަށް
ކިލޯއަކަށްވުރެ ގިނަ ޑްރަގް ފެނުނު މައްސަލައެއް ނަގައިފި
ޑްރަގްގެ ބޮޑުން ބައިގަރުނަށް ޖަލަށް، ބޮޑު ޖޫރިމަނާ!
130 ކިލޯ ޑްރަގް މައްސަލާގައި ހިމެނޭ ޝަހީބް ނުފެނުނު
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް