ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި އަދި މިހާރު ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރާ އޮތް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި އަދި މިހާރު ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރާ އޮތް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.
އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ދުވަހުގެ ފޮޓޯއަކާ އެކު، ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި ކަމަށެވެ.
އަދާލަތު ޕާޓީގައި އުޅުއްވި ދުވަސްވަރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާނާއި ލީޑަޝިޕްގެ އެހެން ބައެއް ބޭފުޅުނާ އެކު، ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.
"މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ،" މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ޝަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓްގައި ކެބިނެޓަށް އައްޔަންކުރެއްވި ކަމުގެ ލިޔުމުގައި ފެބްރުއަރީ 19، 2012 ގައި ޝަހީމް ސޮއިކުރައްވަނީ
ޕީޕީއެމް އުވުނު ފަހުން ޝަހީމް އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އޭނާ ވަނީ މެދުކެނޑުމެއް ނެތި 12 އަހަރު ވަންދެން އަދާލަތު ޕާޓީގައި އުޅުއްވައިފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އަދާލަތު ޕާޓީ އޮތީ ސިޔާސީ ގޮތުން އެއްވެސް ކަމަކާ ނުބެހި ހިމޭނުންނެވެ. އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވެސް ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ. އެކަމަކު، މި ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިއުމާ އަދާލަތު ޕާޓީ ދުރުގައި އޮތަސް އިމްރާން ދޭތެރެދޭތެރެއިން ރައްދު ދެއްވަ އެވެ.
މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީ އަށް ސޮއިކުރައްވައިފި
ޝަހީމްގެ ރައްދު އިމްރާނަށް: ކެބިނެޓު ދޫކުރާކަށް ނުޖެހޭ
އިމްރާން ގޯސް ފިޔަވަޅުތަކެއް އަޅުއްވައިފި: ޝަހީމް
ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ މީހަކު ނުހުންނާނެ
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
ޑީލް ހަދައިގެން މިނިވަންވާން އިމްރާން ބޭނުމެއް ނުވި
އިމްރާނަށް އަނިޔާދެނީ ހައްގުންތޯ ޝަހީމް ސާފުކޮށްދެއްވާ
ސިޔާސީ މަސްރަހުން އަލުން ފެނިދާނެ: ޑރ. ޝަހީމް
އެއްލައިލީމާ ހިޔާވަހިކަން ހޯދުމަކީ ކުށެއް ނޫން: ޝަހީމް