މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލްއަށް 497 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލްއަށް 497 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
އެ ބޭންކްގެ ފުރަތަމަ ތިން މަހުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ މުއްދަތުގައި އެ ކުންފުންޏަށް ވަނީ 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބީއެމްއެލް އިން ބުނީ، ފުރަތަމަ ކުއާޓާގައި އާންމުންނާއި ވިޔަފާރިތަކަށް ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 70 ޕަސެންޓުގެ ކުރިއެރުމެކެވެ. އެއީ ގާތްގަނޑަކަށް 470 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް އެ ބޭންކުން ބުންޏެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ބޭންކްގެ ފައިދާ ހުރީ 492 މިލިއަން ރުފިޔާގަ އެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކްގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ވެސް ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު މާލީ ބޮޑު ކާމިޔާބާ އެކު މިއަހަރު ފުރަތަމަ ކުއާޓާގައި ވެސް ކާމިޔާބު ނަތީޖާއެއް ނެރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ބީއެމްއެލް އަށް މިދިޔަ އަހަރު ވަނީ 2.1 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.
"މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކޮށް ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ކުރިއަރުވަން އެހީތެރިވުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބޭ ހިތްވަރެއް." އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން މިހާރު ވެސް ރާއްޖޭގެ އަތޮޅުތަކުގައި 39 ބްރާންޗާއި 107 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 165 އޭޓީއެމް އިން ހިދުމަތް ދެ އެވެ.
ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަދައިފި
ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭގޮތް ހަދައިފި
މާސްޓާ ކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި
ޑެބިޓް ކާޑުން ކުރާ ވިޔަފާރިން ނެގި ފީ 1 ޕަސެންޓަށް
"ބީއެމްއެލް އިން އެންމެންގެ ހައްގު ހިމާޔަތްކޮށްދޭނެ"
ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފި
އޭބީއޭގެ ކޮންފަރެންސް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި
މާލީ ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން އެއްބަސްވުމެއް
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް ކާޑުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް