މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
06 މެއި 2025
މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ބެލި އިރު އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލް ޖަހައި އަދި އެ ތަކެތި ގެންނަން ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގައި ވޭޕް މަނާކޮށް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކޮށްފައި ވާއިރު ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަތަކެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު، ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވެ އެވެ.
ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައި ވެ އެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
އެއް މަސް ވީއިރު ވެސް ދިގަލި ވާހަކައެއް ނުދެއްކި!
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!
ފަހުން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމުކޮށްފި
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރެޓް ވައްކަމުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދު
ސިނގިރޭޓް ވައްކަން: ކޮންޓެއިނަރުގެ ބައިތައް ހޯދައިފި
ދިގައްޔާއި އާއްޓޭއަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު
"ސެކިއުރިޓީ ވަރުގަދަކުރަން ފިޔަވަޅުތައް ފަށައިފިން"