ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށާއިރު ޓީމްތަކުގައި 500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށާއިރު ޓީމްތަކުގައި 500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާން ބުނީ، މިއީ 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންއެސްޔޫ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް ކަމަށެވެ. އެ މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް ދިރާގުން ބުންޏެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ގެންދާ އެ މުބާރާތުގައި ޖުމްލަ 27 ޓީމުން ބައިވެރިވެ، 500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ އެވެ. އެ މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް، ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.
މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި ސަޕޯޓަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ. އަދި ދިރާގު ކަސްޓަމަރުންނަށް ޕީއެސް5 އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު ދަރިވަރުންނަށް ހާއްސަ އޮފާތަކެއް ދިނުމަށް ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.
ދިރާގަކީ، ރާއްޖޭގައި ފުޓްސަލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.
ޑިޖިޓަލް މުސްތަގްބަލެއް ބިނާކުރަން ރާއްޖޭގައި ދިރާގުގެ ރޯލު ވަރުގަދަ
"ޔަންގް އޮންޓްރޮޕްރެނިއަ ފެއަ" އަށް ބޮޑު ތަރުހީބެއް
ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ