ނ. އަތޮޅު ރިސޯޓެއްގެ ކައިރީގައި ފީނަން އޮއްވައި ގައިމައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބުރިވި އަތް ނުފެނުނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
21 މެއި 2025
ނ. އަތޮޅު ރިސޯޓެއްގެ ކައިރީގައި ފީނަން އޮއްވައި ގައިމައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބުރިވި އަތް ނުފެނުނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އެވެ. ލަނޑާ ނަގަން ފައިބައިގެން އުޅެނިކޮށް އަނިޔާވީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
އެ ހާދިސާގައި އެ މީހާގެ ކަނާތް ވަނީ އުޅަނބޮއްޓާ ހިސާބުން ބުރިވެފަ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހާގެ އަތް ހޯދަން އޭނާ ފީނަން އޮތް ސަރަހައްދުގެ ކަނޑު، ދެ ފަހަރެއްގެ މަތިން ބަލާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ވަނީ ބަޔާން ނަގައިފަ އެވެ.
"މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރެވިފައިވޭ. ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައެއް ނުވޭ،" ފުލުހުން މީީޑިއާއަށް ފޮނުވި މެސެޖުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހެއްކަށް ބަލައި އަދި ފިޔަވަޅެއް ނާޅަ އެވެ. އެކަަމަކު ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާ މާލެ ގެނެސް ފަރުވާދެމުން އަންނަނީ އޭޑީކޭގަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަސް، އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭނގެ އެވެ.
މުދަލާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައި، އަޑިއަށް
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ބަންޑުން ޖަހާލި ޑިންގީއަކުން އެންމެން ސަލާމަތްކޮށްފި
ފަރަށް އެރި ދޯނި އަޑިއަށް، މީހުން ސަލާމަތްކޮށްފި
ސިންގަޕޫރު ކުއްޖާގެ މަރު: ތަހުގީގަށް ބަޔާން ނަގައިފި
ބަންޑުން ޖަހައިލި ޑިންގީއަކުން މީހުން ސަލާމަތްކޮށްފި
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު
ދޯންޏެއް އަޑިއަށް ހިނގައްޖެ
ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި، ބަޔަކަށް އަނިޔާ