މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
16 އޮކްޓޯބަރ 2025
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ކަނޑު އަޑިން ނަގާފައިވާ ކަމަށެވެ. މިހާތަނަށް ގެއްލިގެން ހޯދަމުން ދިޔައީ އިންޑިއާ މީހަކާއި ސްރީލަންކާގެ މީހެކެވެ.
ފުލުހުން ބުނީ، ފަހުން ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އިންޑިއާ މީހާގެ ހަށިގަނޑު ކަމަށާއި، ލަންކާއަށް ނިސްބަތްވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ މިއަދު ހެނދުނު ވަނީ ފެނިފަ އެވެ. އެއީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ. މިއަދުގެ މަޣުރިބު ނަމާދަށްފަހު އޭނާ ކަށުނަމާދު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ފުލުހުން ކުރިން ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހުން ތިއްބެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެ
ޓޫރިސްޓުން ގެއްލުނު ހިސާބުން ދެ ހަށިގަނޑު ފެނިއްޖެ
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެއްޖެ
ފަރަށް އެރި ދޯނި އަޑިއަށް، މީހުން ސަލާމަތްކޮށްފި
ބަންޑުން ޖަހައިލި ޑިންގީއަކުން މީހުން ސަލާމަތްކޮށްފި
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު
ދޯންޏެއް އަޑިއަށް ހިނގައްޖެ
ލޭންޑިން ކްރާފްޓުން ނިޔާވީ ސިފައިންގެ މީހެއް
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ