ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ރީލޯޑުކޮށްގެން 10،000ރ. އާއި 10،000ރ. ގެ މޯލްޑިވިއަންގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
21 މެއި 2025
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ރީލޯޑުކޮށްގެން 10،000ރ. އާއި 10،000ރ. ގެ މޯލްޑިވިއަންގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނަކީ ކޮންމެ ހަފްތާއަކު ޖުމްލަ 300ރ. އަށް ވުރެ މަތީ އަދަދެއް ރީލޯޑުކޮށްގެން ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ނަސީބުވެރިއަކު ހޮވާނެ އެވެ.
އެ ޕްރޮމޯޝަނަށް ހުށަހަޅާފައިވާ އިނާމުތަކުގެ އިތުރުން 20ރ. އިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ލިބޭނެ އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނުގައި ދިރާގު އެޕް އަދި ދިރާގުޕޭގެ އިތުރުން މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭ ގޮތަށް އެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ފޯރުކޮށްދެ އެވެ.
ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު
އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ތޮއްޑޫގެ ތާރީހީ ޓެނިސްމުބާރާތުގެ އެއް ޕާޓްނަރަކީ ދިރާގު
ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށަނީ
ފީބާ އަންޑަ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް ފަށަނީ
އީދު ބޮލަށް ގޮން: ދިރާގުން ގިވްއަވޭއަކަށް ދެ ޑްރޯން
ދިރާގު އީދު ބޮނޑިބަތަށް މިއަހަރު ވެސް ހޫނު ތަރުހީބެއް!
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
"ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް
ބޮޑު އީދަށް ދިރާގުގެ ބޮޑު އޮފާތަކެއް!