އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ތައުލީމީ ދާއިރާއަށް ހާއްސަކޮށް ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހު އާއި ހޮނިހިރު ދުވަހު އެވެ. ކިއު ސްޓަޑީ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ތައުލީމީ ގޮތުން ހުރި ފުރުސަތުތައް އަންނަން އޮތް ޖީލުތަކަށް ފަހި ކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ބައިނަލްއަގުވާމީ އެކި ޔުނިވާސިޓީތަކާއި ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ދަރިވަރުންނާއި ބެލެނިވެރިން އަދި މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވާނެ އެވެ.
އެ އެކްސްޕޯގައި ދިރާގު ގޭމާސް ގިލްޑްގެ ހާއްސަ ޔޫތު އެކްޓިވޭޝަން ޒޯނެއް ހިމެނޭނެ އެވެ. އެ ޒޯނުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޒޯނުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި އެފްސީ25 ޒޯނާއި މައިންކްރާފްޓާއި އެސްޓްރޯ ބޮޓް އަދި ބްރޯލްހަލާއާ އެކު ކުޑަކުދިންނަށް ހާއްސަ ޒޯނެއްގެ އިތުރުން ސްޓްރީޓް ފައިޓާ 6 އާއި މޯޓަލް ކޮމްބަޓް 1 އާއި އަދި ނަރޫޓޯ އެކްސްއާ އެކު ފައިޓިން ގޭމް ޒޯނާއި ޕަވްލޯވް ޝެކް އަދި ބީޓް ސޭބާއާ އެކު ވީއާރު ޒޯނާއި ގްރޭން ޓުރިޒްމޯއާ އެކު ރޭސިން ސިމިއުލޭޝަން ޒޯނެއް ވަނީ ހިމަނައިފަ އެވެ.
އެ ތަނުގައި އެ ގޭމުތައް ހިލޭ ކުޅެވޭނެ އެވެ.
ދިރާގަކީ އެފަދަ އެކި ހަރަކާތްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.
ދިރާގުން ރެޑް ކްރެސެންޓަށް އެހީ ދެނީ
އައިޓީއެފް މޯލްޑިވްސް ޖޫނިއާގެ މެއިން ޕާޓްނަރަކީ ދިރާގު
ދިރާގުން ދެ ލޯންޗު ހޯދުމުގެ ފުރުސަތު 4 ގުނަކޮށްދެނީ
ދިރާގު ޕޭއަށް ރެޖިސްޓްރީ ކޮށްގެން ބައިލައްކަ ރުފިޔާ
ވިން އަ ޑްރީމް ހޮލިޑޭގެ ނަސީބުވެރިންނަށް އިނާމު ދީފި
އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް އެވޯޑް
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓު ނިންމާލައިފި
ދިރާގުން މިފަހަރު ދެނީ ދެ ސްޕީޑްބޯޓު!
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓު ކުރިއަށް ދަނީ
ކޯލޮކޭޝަން ހިދުމަތާ އެކު ޑޭޓާ ސެންޓަރު ފުޅާކޮށްފި