Roadha Mihaaru

މޯލްޑިވްސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކީ ދިރާގު

މޯލްޑިވްސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

މޯލްޑިވްސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކީ ދިރާގު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

22 މެއި 2025

މޯލްޑިވްސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

މި އެކްސްޕޯ އަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި އެކްސްޕޯއަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލެވޭނެ ޕްލެޓްފޯމެކެވެ.

މޯލްޑިވްސް އެކްސްޕޯގައި މިއަހަރު ވެސް ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮންނާނެ އެވެ. އެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެ އެވެ.

މާދަމާ ފަށާ އެ އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ދިރާގަކީ އެކި ދާއިރާތަކުގައި ކުރިއަރުވައި، ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް ހިތްވަރުދޭ ކުންފުންޏެކެވެ.