Roadha Mihaaru

ބެންކް ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ

ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ބޭންކް ފަންޑް" އަށް ޕްރޮޕޯޒަލް ހުށެހެޅުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.

ބެންކް ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 މެއި 2025

ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ބޭންކް ފަންޑް" އަށް ޕްރޮޕޯޒަލް ހުށެހެޅުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.

ބީއެމްއެލް އިން މި އަހަރު ބޭންކް ފަންޑަށް ހުށަހަޅަން ހުޅުވާލީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ. އެ ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރު އަދި މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ.

އެ ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށް ހުށަހެޅޭނެއެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހަންދެނެވެ. އެފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަންޏެވެ.

މިއީ ބެންކުން މި ފަންޑަށް ހުޅުވާލި ދެވަނަ އަހަރެވެ. މިދިޔަ އަހަރުވެސް މި ފަންޑުން ފަސް ޖަމިއްޔާއަކަށް އެހީ ފޯރުކޮށްދިނެވެ.

މުޖުތަމައުތައް ބާރުވެރިކުރުވައި، ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.