އައިޖީއެމްއެޗުގައި ގާއިމުކޮށްފައިވާ 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވަައިފި އެވެ.
27 މެއި 2025
އައިޖީއެމްއެޗުގައި ގާއިމުކޮށްފައިވާ 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވަައިފި އެވެ.
މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގްގައި ޖެނަރަލް ސާޖަރީތަކާއި ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސާޖަރީތަކާއި އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލި މީހުން އެޑްމިޓްކުރެވޭނެ އެވެ. އެ ވިންގްއާ އެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމްލަ އަދަދު ވަނީ 510 އަށް އިތުރުވެފަ އެވެ.
އެ ހަފްލާގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މިދިޔަ ދޮޅު އަހަރުގެ ތެރޭގައި 194 އެނދު އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ވެސް މަސައްކަތްތައް ކުރައްވާފައިވާ ކަމަށެވެ. ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ
އައިޖީއެމްއެޗުގެ 75 އެނދު މެއި މަހު ބޭނުންކުރަނީ
މަޝްހޫރު ގަމްބަރީނީ އައިޖީއެމްއެޗްގެ ވޯކްޝޮޕެއްގައި
ބަރު މީހުންނަށް ބޭރިއަޓްރިކް ސާޖަރީކުރަން ފަށައިފި
އައިޖީއެމްއެޗުން އަމިއްލައަށް ކާޑިއެކް ސެންޓަރު ހިންގަނީ
އާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ފަށަނީ
މުހިންމު ތިން ކަމެއްގެ ފެށުމާ އެކު ރައީސްގެ ޝުކުރު
ޖެނެރޭޝަނަލް ބޭން އަށް އަމަލުކުރަން ފަށައިފި