19 މާޗް 2017
މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އިން ރައްކާތެރިވުމަށް އުރީދޫން މިއަދު އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އިން ރައްކާތެރިވުމަށް އުރީދޫން މިއަދު އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާ ކުރުމާއި އެސްއެމްއެސް އަދި އިންޓަނެޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އެކަމާ ގުޅޭ މެޓީރިއަލް ޑިޒައިންކޮށް ޕްރިންޓްކޮށްދިނުން ވެސް އެ ކުންފުނިން ފޯރުކޮށްދިން އެހީތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"ދިވެހިރާއްޖޭގެ ކުންފުންޏަކަށް ވެފައި، ދިވެހިންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިވުމަކީ އުރީދޫގެ އިޖުތިމާއީ ޒިންމާއެއް ކަމުން، ރާއްޖޭގައި އިންފުލުއެންޒާ ފެތުރި އެޗްޕީއޭ އިން ލެވެލް ތިނެއްގެ އެލާޓު ނެރުމާ އެކު، މިފަދަ ހާލަތެއްގައި އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނީ ކޮންކަހަލަ އެހީއެއްތޯ ބެލުމަށް ހެލްތު މިނިސްޓްރީ އާއި މަޝްވަރާކުރިން. އަދި އެބޭފުޅުންގެ ލަފަޔާއި އެއްގޮތަށް އަޅުގަނޑުމެނ މިދަނީ އެހީ ފޯރުކޮށްދެމުން،" އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، ގައުމީ ފެންވަރުގައި އުރީދޫން ކުރާ މިފަދަ މަސައްކަތްތަކަށް ތަނުގެ މުވައްޒަފުން ދޭ ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އުރީދޫގެ ފަރާތުން ހޭންޑް ސެނިޓެއިޒާ ފުޅި އާއި މާސްކް ފަދަ ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވައިފި
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
ސްވައިން ފްލޫއާ ގުޅިގެން ބުކިންސްތައް ކެންސަލްކުރަނީ
ސްވައިން ފްލޫގައި އިތުރު މީހަކު މަރުވެއްޖެ
އެޗް1އެން1 ކޮންޓްރޯލް ކުރެވޭނެ ކަން ޔަގީން: ނާޒިމް
ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ: ނާޒިމް
ސްވައިންފްލޫގެ މައުލޫމާތު ނުދޭތާ ދެ ދުވަސް ވަނީ!
އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް
ރޯގާ ހުރި ނަމަ މާސްކް އަޅަން އައިޖީއެމްއެޗުން އެދިއްޖެ
ބަލި ފެތުރުނީ ކާއެއްޗެއްގެ ސަބަބަކުން ނޫން: އެޗްޕީއޭ