Roadha Mihaaru
ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވައިފި

ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވައިފި

25 މެއި 2018

އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ހަލުވިކަމާ އެކު ފެތުރެމުންދާތީ، ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް ފުލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ހަލުވިކަމާ އެކު ފެތުރެމުންދާތީ، ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް ފުލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 12 އަށް އެ ކްލިނިކުން ފަރުވާ ދޭނެ ކަމަށެވެ.

ވައިރަލް ހުން ޖެހިގެން މިހާރު ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާތީ، އޭޑީކޭ ހޮސްޕިޓަލްގައި ވެސް ވަނީ ފުލޫ ކްލިނިކެއް ހުޅުވައިފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކަން ދިއުމުން އައިޖީއެމްއެޗް ވަނީ ވަރަށް ބާރު ބޮޑުވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހުމާއި ރޯގާ އާންމުވެފައި ވާތީ އެކަމަށް ސަމާލުވުމަށާއި މުހިންމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ޖެހުނު މީހަކަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައިވެ އެވެ. މިދިޔަ އަހަރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވާއިރު އޭގެ ތެރެއިން ހަ މީހަކު މަރުވި އެވެ.