މިއަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތުގެ އާމްދަނީއަށް 16.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތުގެ އާމްދަނީއަށް 16.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ލިބުނުއިރު އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޓީޖީއެސްޓީއިންނެވެ.
ފުރަތަމަ ހަތަރު މަހު ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓީޖީއެސްޓީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބުނުއިރު ބިޒްނަސް އެންޑް ޕްރޮޕަޓީސް ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ލިބިފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 100 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފުރަތަމަ ހަތަރު މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރަށް ވުރެ ހަ ޕަސެންޓް އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 15.7 ބިލިއަން ރުފިޔާ އެވެ.
މިއަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އެހެންވެ މިހާތަނަށް 16.7 ބިލިއަން ރުފިޔާ ލިބުމުން އެއީ ޖުމްލަ ކަނޑައެޅި އާމްދަނީގެ 42 ޕަސެންޓެވެ.
މިއަހަރުގެ ބަޖެޓުން ޖުމްލަ 20 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން ސަރުކާރު ހިންގުމާއި މުވައްޒަފުންގެ މުސާރަ އާއި ޕްރޮޖެކްޓްތަކަށް 15.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ޕްރޮޖެކްޓްތަކަށް ހޭދަކޮށްފައިވަނީ ޖުމްލަ ހަރަދުގެ އެންމެެ ނުވަ ޕަސެންޓެވެ. އެއީ 1.5 ބިލިއަން ރުފިޔާ އެވެ.
މިއަހަރު އެސްޑީއެފަށް ޖަމާކުރި އަދަދު ބިލިއަނެއް އިތުރު
ހަރަދު ދަށްވެ، އާމްދަނީ މަތިވުމުމުގެ އަސަރު ޑެފިސިޓަށް
އަމާޒަކީ ވިލުންތެރި އިގުތިސާދެއް ބިނާކުރުން: ޒަމީރު
2026ގައި އިގުތިސާދީ ދުވެލި 5.3ޕަސެންޓް ކުރިއަރާނެ
ދައުލަތުގެ އާމްދަނީ އިތުރުވެ، 30 ބިލިއަނަށް
ދައުލަތުގެ ޖުމްލަ ހޭދަ 15 ޕަސެންޓު ކުޑަވެއްޖެ
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
ދައުލަތުގެ ބަޖެޓު އަރަނީގައި ހިފަހައްޓާތާ ހަތް މަސް
އިންވެސްޓްމެންޓްތަކަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!