ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
16 ޖޫން 2025
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
ނަޝީދު މާލެ ވަޑައިގެން، ފައްޔާޒުއާ ބައްދަލުކުރެއްވިއިރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ހިޔާލު ވަނީ ހޯއްދަވައިފަ އެވެ.
ނަޝީދާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްފައިވާ ކަމަށެވެ.
"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ނަޝީދާއި ޑިމޮކްރެޓްސްގެ ފަރާތުން އޭނާއަށް ދެއްވި މެންދުރުގެ ފަރީއްކޮޅެކެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ނަޝީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ އާއި އެ ޕާޓީގެ ކުރީގެ ރައީސް އަދި މިފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް، އެމްޑީޕީގެ އެހެން ބޭފުޅަކު ބައްދަލުވުމުގައި ނެތެވެ.
ފައްޔާޒާއި ނަޝީދު އެކުގައި އަލުން ސިޔާސީ މަޝްވަރާތައް ފެށިއިރު، އެމްޑީޕީ ދެބައިވެ ނަޝީދު އެ ޕާޓީން ނުކުންނެވީ ފައްޔާޒުއާ ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވެގެންނެވެ. ފައްޔާޒުއާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދުގެ ފަރާތުން ކެންޑިޑޭޓެއްގެ ގޮތުގައި އިމްތިޔާޒު ފަހުމީ ވާދަވެސް ކުރެއްވި އެވެ.
ފައްޔާޒު، ސޯލިހު އަދި ނަޝީދު ---
ނަމަވެސް، އެ އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އެމްޑީޕީ ތެރެއިން އެކި ނުފޫޒު ފޯރުވައިގެން ކަމަށް ނަޝީދަށް ތާއީދުކުރި މީހުން ތުހުމަތު ކުރި އެވެ. އެ ހިޔާލު ތަފާތުވުންތަކުގައި ފައްޔާޒު ވެސް ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވާފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތައް ފައްޔާޒުގެ މައްޗަށް ވެސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ކުރައްވާފައިވެ އެވެ.
ދެ ބޭފުޅުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތައް ހައްލުކުރަން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ބެލެވޭއިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ފައްޔާޒް ވާދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން އެމްޑީޕީގެ ޓިކެޓްގައި ދެވަނަ ދައުރަކަށް ވާދަކުރައްވަން ސިއްރިއްޔާތުގައި މަސައްކަތް ކުރައްވާތީ، އެކަމާ ފައްޔާޒު ނުރުހޭ ކަމުގެ އަޑުތައް ވެސް ގަދަ އެވެ.
ރިޔާސީ ޓިކެޓާ މެދު އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކުގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ ޕާޓީގެ ކޮންގްރެސްގަ އެވެ. އަންނަ އޮގަސްޓް މަހު ކޮންގްރެސް ބާއްވަން ރައީސް ސޯލިހު ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ވެސްވެ އެވެ.
ފައްޔާޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ދެ ބޭފުޅުންގެ މެދުގައި ވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތު ކަމަށް އަޑުތައް ވަނީ ފެތުރިފައި
ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ވެސް ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނަވަނިކޮށް، ޕާޓީގެ ކޮންޓްރޯލް ގެއްލި ދެ ބޭފުޅުންގެ ދެމެދުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.
ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީ، ޑިމޮކްރެޓްސް އުފެއްދީ ޖޫން، 2023 ގަ އެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނަން" ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ފުރުއްވުމަށް ފަހު، ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފަ އެވެ. އަދި އެ މަގާމުގައި ހުންނަވައި، އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް ސިޔާސީ މަަސައްކަތް، އަމަލީ ގޮތުން ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެކަމަކު މި ފަހުން، ނަޝީދު ވަނީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދޭނެ ލީޑަރެއް އެބަހުރި؟
ނަޝީދު ރިޔާސީ ރޭހަށް ނުކުންނަވާތީ ނިޔާގެ ނުރުހުން!
އިންތިހާބުގައި ވާދަކުރައްވަން ނަޝީދު ހިޔާލު ހޯއްދަވަނީ
ޕްރިފެރެންޝިއަލް ވޯޓަށް ފައްޔާޒްގެ ތާއީދެއް ނެތް!
އޮގަސްޓްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ
2028 ގައި ވާދަކުރުމާ މެދު އިބޫގެ ޖަވާބެއް ނެތް!
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"