އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އެ ޕާޓީއާ މިދިޔަ މަހު އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިސްވެ ހާއްސަ ކެމްޕެއިން ހަރަކާތްތަކެއް ފައްޓަވައިފި އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އެ ޕާޓީއާ މިދިޔަ މަހު އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިސްވެ ހާއްސަ ކެމްޕެއިން ހަރަކާތްތަކެއް ފައްޓަވައިފި އެވެ.
އޯޓީޕީގައި ރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒު ވެސް ވާހަކަފުޅު ދެއްކެވި އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ލޯކަލް އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެން އެކައްޗެއް ކިޔައިގެން ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ނަޝީދު ވިދާޅުވާ ފަދައިން އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނީ ރައްޔިތުންނަށް ފައިދާ ކުރާނެ ސިޔާސަތުތަކާއި އަޑާއި ކުލަ އާއި ޖޯޝުން ފުރިފައިވާ އަދި ހިސާބު ޖަހާފައިވާ ކެމްޕެއިންތަކަކުން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވާއިރު ފައްޔާޒު އަޑުއައްސަވަނީ.
"އަޅުގަނޑަށް ފެނުނީ ޗެއާޕާސަން ފައްޔާޒު ހުންގާނުގައި ހުންނަވައިގެން އެ މަސައްކަތް ވަރަށް ރަނގަޅަށް ފައްޓަވާފައިވާ މަންޒަރު. އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިހާބު ރީތިކޮށް ކާމިޔާބު ކުރެވޭނެ،" ހަސަން އެކްސްގައި ވިދާޅުވި އެވެ.
ނަޝީދާއި ފައްޔާޒު ގުޅިވަޑައިގެން އެމްޑީޕީގައި ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު އެ ޕާޓީގެ މެމްބަރުން ރޭގެ ބައްދަލުވުމަށް ފަހު ބުނަމުން އައީ ފަޔާޒުގެ ލީޑަޝިޕްގެ ދަށުން ކުރިއަށް އޮތް ލޯކަލް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ކުރިޔަށް އޮތް އިންތިހާބު މާތް ﷲ ގެ ރަހުމަތުން ބޮޑުކޮށް ނަގާނެ. ފަޔާގެ ލީޑަޝިޕްގައި ގިނަވަމުން ގިނަވަމުން ބޮޑުވާތަން އެބަފެނޭ،" އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީ ދޫކޮށް ނަޝީދާ އެކު ޑިމޮކްރެޓްސްއާ ކުރިން ގުޅުނު އާންމު މެމްބަރުން ވެސް ބައިވެރިވި އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިދިޔަ މަހުގެ 23 ގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް ކަމަށެވެ. އެ މަނިކުފާނު ހިސާބު ޖެއްސެވި ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނައިރު، ވެރިކަން ކުރާ ޕީއެންސީން ވެސް ވަނީ ކެމްޕެއިނަށް ދަތުރުތައް ފަށައިފަ އެވެ.
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު
އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ