ކްލަބް ވޯލްޑް ކަޕަށް އާންމުންގެ ޝައުގުވެރިކަން ބޮޑުކުރަން ފީފާއިން 50 މިލިއަން ޑޮލަރު ފެނަށް ވެއްޖެ އެވެ.
17 ޖޫން 2025
ކްލަބް ވޯލްޑް ކަޕަށް އާންމުންގެ ޝައުގުވެރިކަން ބޮޑުކުރަން ފީފާއިން 50 މިލިއަން ޑޮލަރު ފެނަށް ވެއްޖެ އެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެކި ބައްރުތަކުން ބައިވެރިވާ އެންމެ ބޮޑު މުބާރާތަށް އާންމުން ޝައުގުވެރި ކުރުވަން ފީފާއިން އެކި އުކުޅުތައް ބޭނުން ކުރި އެވެ.
ޓިކެޓްގެ އަގު ބޮޑުތަނުން ދަށް ކުރި އެވެ. އެމެރިކާގެ ކޮލެޖް، ޔުނިވަސިޓީތަކުގެ ދަރިވަރުން ދަނޑަށް ވަންނަން ކެމްޕޭންތަކެއް ހިންގި އެވެ.
އެކަމަކު ކުރި ބޮޑު ހަރަދާއި ހިންގި ޕްރޮމޯޝަނަލް ހަރަކާތްތަކުން ދަނޑު ފުރާލެވޭ ގޮތެއް ނުވި އެވެ.
މުބާރާތުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗަށް ފަހު އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ދަނޑު ފުރިގެން ނުދިއުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.
ޗެލްސީގެ ފުރަތަމަ މެޗުގައި މިއަދު އެ ޓީމުން ކުޅުނީ އެމެރިކާގެ ލޮސް އެންޖަލިސްއާ ދެކޮޅަށެވެ. އަމިއްލަ ގައުމުގައި ކުޅުނު ލޮސްއެންޖަލިސްގެ ޓީމަށް ދަނޑު ފުރާލެވޭ ގޮތެއް ނުވި އެވެ.
"މި މާހައުލު އަހަންނަށް ފެންނަނީ ވަރަށް އާދަޔާހިލާފު ގޮތަކަށް ދަނޑުގެ ބޮޑުބައި މި އޮންނަނީ ހުސްކޮށް،" މަރެސްކާ ބުންޏެވެ.
އޭނާ ބުނީ ޕްރޮފެޝަނަލް ކްލަބްތައް ކޮންމެ ހާލަތަކަށް ވެސް ހޭނޭނެ ކަމަށެވެ.
"އަހަރެމެންނަކީ ޕްރޮފެޝަނަލް ޓީމެއް. ކޮންމެ ހާލަތަކަށް ވެސް އަހަރެމެން ޖެހޭނެ ހޭނެން. ސަޕޯޓަރުން ވަދެ ފުރާލާފައި އޮތް ދަނޑެއް ކަމުގައިވިޔަސް އަދި ސަޕޯޓަރުން ނެތް ހުސްކޮށް އޮތް ދަނޑެއްގައި ކުޅެން ޖެހުނަސް އަހަރެމެން މެޗަށް ނުކުންނާނަން،" މަރެސްކާ ބުންޏެވެ.
ލޮސްއެންޖަލިސްގެ ކޯޗު ސްޓީވް ޗެރުންޑޯލާ ބުނީ މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ކަމަށެވެ. އެކަމަކު ދަނޑަށް ސަޕޯޓަރުން ނުވަންނަނީ ކޮން ސަބަބަކާ ހުރެ ކަމެއް ބުނަން ނޭންގޭ ކަމަށް އޭނާ ބުންޏެވެ.
ކްލަބް ވޯލްޑް ކަޕްގެ ދަނޑުތައް ކަމަކު ނުދޭ: ވެންގާ
ފީފާގެ އޮފީސް ޓްރަމްޕް ޓަވަރުގައި ހުޅުވުމުން ފާޑުކިޔަނީ
ދަނޑު ފުރާނުލެވުމުން ޓިކެޓް އަގު ބޮޑުތަނުން ދަށްކޮށްފި
މުސިއާލާގެ އަނިޔާ؛ ނޯޔާގެ އިނގިލި ޑޮނަރުއްމާ އަށް
ޓްރަމްޕްގެ ޕޮލިސީ ބަދަލުކުރަން ފީފާގެ އެހީއަށް އެދިއްޖެ
ޔުވެންޓަސްގެ 10 ކުޅުންތެރިން ބަދަލަކަށް އެދުނު
ކްލަބް ވޯލްޑް ކަޕް ބާއްވަން ބްރެޒިލުން ޝައުގުވެރިވެއްޖެ
އެފްއޭގެ މެންބަރުކަން ދޭ އުސޫލު ގަވާއިދުގައި ހިމަނަނީ
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
އެތުލެޓިކޯގެ ޝަކުވާއާހެދި ޕެނަލްޓީގެ ގަވާއިދަށް ބަދަލު