ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
04 އޯގަސްޓް 2025
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،500 އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
ގިޔާސުއްދީން ސްކޫލްގައި ބޭއްވި މި މުބާރާތުގައި، އެއް ތަނެއްގައި ލައިވްކޮށް ހަތަރު ގޭމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި މުބާރާތްތަކުގައި އޮންލައިން ސާވާތައް މެދުވެރިކޮށް އެއްފަހަރާ 150 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަވެރި މެޗުތަކެއް ކުޅެފަ އެވެ. މިއީ، ދިރާގުގެ ހަލުވި 5ޖީ ހިދުމަތުގެ ފެންވަރު އަދި ދިރާގު ފައިބާ ނެޓްވޯކްގެ ސްޕީޑް ދައްކުވައިދިން ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
އެމްއެލްބީބީގެ ޗެމްޕިއަން ޓީމު.
ޑީއެމްޖީސީ 2025 ގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އިން ޗެމްޕިއަން ޓީމަކަށް ހޮވުނީ އެލްއެންއެން ސްލީޕިންގް ފޮރެސްޓެވެ. އަދި ރަނާއަޕްއަށް ވިގަނި ހޮވުނުއިރު ދެވަނަ ރަނާއަޕް އަކަށް ހޮވުނީ ޓީމު ވަލްހަލާ އެވެ. މި މުބާރާތުގެ އެމްވީޕީއަކަށް ހޮވުނީ އެލްއެންއެން އެސްއެލްއެފްއޯގެ ރީމާޒް އެވެ.
ޕަބްޖީގެ ޗެމްޕިއަން ޓީމު
މި އިވެންޓުގައި ކުޅުނު ޕަބްޖީ މޮބައިލް މުބާރާތުގައި ޗެމްޕިއަންކަން ލިބުނީ އެސްޑީއެމްޒީ އީސްޕޯޓްސް އަށެވެ. ރަނާއަޕްއަކަށް ވީއީ އީޓޫއެސް ޓީއެމްސެވަން ހޮވުނު އިރު ދެވަނަ ރަނާއަޕް އަކަށް ހޮވުނީ އެލް އެފް އަކަޒާޔާ އެވެ. އަދި ތިން ވަނަ ރަނާއަޕްއަކަށް ހޮވުނީ އެންޓެއިކޫ އެވެ. މި މުބާރާތުގެ އެމްވީޕީ އަކީ އެސްޑީއެމްޒީގެ ހައިއްޓެ އެވެ.
އެފްސީ25ގެ ޗެމްޕިއަންކަން ހޯދި ގޭމަރު.
ޑީއެމްޖީސީގެ އެފްސީ 25 މުބާރާތުގެ ޗެމްޕިއަން އިސްމާއިލް ޒަކްވާން ޝިހާޒް ހޯދި އިރު ރަނާއަޕްގެ މަގާމު ހޯދީ ހުސައިން ޔައިޝް އެވެ. އަދި ދެވަނަ ރަނާއަޕް މުހައްމަދު އައިމަން އަހްމަދު ހޯދި އިރު، ތިންވަނަ ރަނާއަޕް ހޯދީ މުހައްމަދު ޒަޔާން އިސްމާއިލެވެ. މި މުބާރާތުގެ އެމްވީޕީ މަގާމު ހޯދީ ހުސައިން ޔައިޝް އެވެ.
ރޮކެޓް ލީގުގެ ޗެމްޕިއަން ޓީމު
މި އިވެންޓުގައި ކުޅުނު ރޮކެޓް ލީގުގެ ޗެމްޕިއަން ހޯދީ އޯރިޔޯ އެވެ. އަދި ރަނާއަޕް ކަން އެގްޒައިލް ހޯދި އިރު، ދެވަނަ ރަނާއަޕްކަން ހޯދީ ސިންޑިކޭޓްސް އެވެ. ތިން ވަނަ ރަނާއަޕްކަން އަނެއް ސްޕޯޓްސްއިން ހޯދި އިރު އެމްވީޕީކަން ހޯދީ މާދިން އެވެ.
ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
ޑީއެމްޖީސީ މުބާރާތުގެ ޕްރިމިއަމް ޕާޓްނަރަކީ މިނީސޯ އެވެ. އެލީޓް ޕާޓްނަރުންނަކީ ޝީޝާ އާއި ޕީކަބޫ އާއި މެގަޗިޕް އަދި ވިލާ މާޓް އެވެ. ގޭމިން ޕާޓްނަރުންނަކީ ރާއްޖެ ގޭމިން ކޮމިއުނިޓީ އެވެ. އަދި ކޮންޓެންޓް ޕާޓްނަރަކީ ސިޑިބަރި އެވެ. މި ހަރަކާތުގެ ކޭޓަރިން ޕާޓްނަރަކީ ބުރުޒު ކޭޓަރިން އެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ޑީޖީޖީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ އެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރާ
ދިރާގު ކަލަންޑަރުގައި ޑިސެމްބަރު ހާއްސައީ މަސްވެރިކަމަށް
ބާބާ ގާޑިޔާގެ ޝަވަރުމާ، ދިރާގު ޕޭ އިން 1ރ. އަށް!
ދިރާގުން "ލިމިޓްލެސް ބޫސްޓާސް" ތައާރަފްކޮށްފި
ދިރާގު ޕޭއިން 50000ރ. ހޯދުމުގެ ފުރުސަތު ހަމަވަނީ
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް