Roadha Mihaaru

ޖަޕާނުގެ މަޝްހޫރު ސްކިންކެއާ ބްރޭންޑު, ހާޑަލަބޯގެ އުފެއްދުންތައް އެސްޓީއޯގައި!

ހަމުގެ އެކި މައްސަލަތައް ހައްލުކޮށް ހަމުގެ އިލާސްޓިސިޓީ އިތުރުކޮށްދީ, ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމުގައި ކޮލެޓީ ރަނގަޅު ސްކިންކެއާ ޕްރޮޑަކްޓުތަކުގެ ދައުރު ވަރަށް ބޮޑެވެ. މޫނުގައި ބިހި ނެގުމުން ފެށިގެން ހަނގަނޑު ކުރަކިވެ ހިކުމާއި, ތެޔޮވުމާއި ރަތްވުން ފަދަ އެކި މައްސަލަތަކަކީ ރަނގަޅު ބްރޭންޑެއްގެ ސްކިންކެއާ ޕްރޮޑަކަޓުތަކާ އެކު ހައްލުކުރެވިދާނެ މައްސަލަތަކެވެ. މިފަދަ އެކި މައްސަލަތައް ހައްލުކުރުމަށާއި ކޮލެޖަން ޕްރޮޑަކްޝަން އިތުރުކޮށްދީ މޫނު ރީތި ކޮށް ބަހައްޓައިދޭނެ ގިނަ އުފެއްދުންތަކެއް ވިއްކާ އެއް ބްރޭންޑަކީ ޖަޕާނުގެ އެއް ވަނަ، ސްކިންކެއާ ބްރޭންޑް ހާޑަލަބޯ އެވެ.

ޖަޕާނުގެ ހާޑަލަބޯގެ އުފެއްދުންތައް އެސްޓީއޯގައި!

މި ބްރޭންޑުގެ އުފެއްދުންތަކަކީ އެސްޓީއޯ އިން އެތެރެކޮށް ރާއްޖޭގައި ވިއްކަމުންދާ އުފެއްދުންތަކެކެވެ.

ހާޑަލަބޯގެ އެކި އުފެއްދުންތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހާޑަލަބޯގެ އެކި އުފެއްދުންތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ހާޑަލަބޯ" އަކީ ޖަޕާނުން އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ތައްޔާރުކޮށްފައިވާ މެޑިކަލް ގްރޭޑުގެ ސްކިންކެއާ ލައިނެކެވެ. މި ބްރޭންޑުގެ އުފެއްދުންތަކަކީ އަލްކަހޯލް އާއި ހަމަށް ނުރައްކާވާނެ ފަދަ މިނަރަލް އޮއިލްތަކާއި, ޕެރަބަންސް އަދި ޑައިސް އާއި ފްރެގްރެންސް ނުހިމެނޭ ރައްކާތެރި ޕްރޮޑަކްޓުތަކެކެވެ.

"ހާޑަލަބޯ" ބްރޭންޑުގެ ޕްރޮޑަކްޓުތަކުގެ ތެރޭގައި އަވިން ލިބޭ ގެއްލުމުން ސަލާމަތްކޮށްދީ, ހަމަށް ބޭނުންވާ މޮއިސްޗާ ހޯދައިދޭ ޕްރޮޑަކްޓްސްތައް ގިނަ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ މާހައުލާ ގުޅޭ އުފެއްދުންތަކެއް ހިމެނޭ ބްރޭންޑެކެވެ.

ހާޑަލަބޯގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ހަޔަލުރޮނިކް އެސިޑް މޮއިސްޗަރައިޒިން ލޯޝަން، ޓޯނާ އަދި ފޭސް ވޮޝް އެސްޓީއޯ އިން ލިބެން ހުންނާނެ އެވެ. މި އުފެއްދުންތަކަކީ ހަންގަނޑު މޮއިސްޗަރައިޒްކޮށް ދީ, ހަމުގެ ތާޒާކަން ގިނަ އިރުތަކެއް ވަންދެން ދަމަހައްޓައިދޭނެ އުފެއްދުންތަކެކެވެ. މިއީ ޑްރައި އަދި ސެންސިޓިވް ސްކިން ހުންނަ މީހުންނަށް ވެސް ބޭނުން ކުރެވޭނެ އުފެއްދުންތަކެކެވެ. އަދި އާއްމުކޮށް ސްކިންކެއާ އުފެއްދުންތަކާއި ހިލާފަށް މިއީ ހިތްގައިމު މީރު ވަހެއް ހުންނަ އުފެއްދުންތަކެކެވެ.

ހާޑަލަބޯގެ އެންޓި އޭޖިން ކްރީމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހާޑަލަބޯގެ އެންޓި އޭޖިން ކްރީމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސްޓީއޯގައި ހާޑަލަބޯގެ ރެޓިނޯލް އެންޓި އޭޖިންގް ލައިންގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ހާޑަލަބޯ ޕްރޯ އެންޓި އޭޖިން ކޮލެޖަން ޕްލަސް ކްރީމް އާއި ރެޓިނޯލް އަދި ކްލެންސާ ހިމެނެ އެވެ. މި އުފެއްދުންތަކަކީ ހަމަށް ވަރަށް ބޮޑަށް އެބްޒޯބްވާ ގޮތައް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. އެންޓި އޭޖިން ލައިންގެ އުފެއްދުންތަކަކީ ހަމުގެ އިލާސްޓިސިޓީ އިތުރުކުރުމަށް ބޭނުންވާ ކޮލެޖަން ޕްރޮޑަކްޝަން އިތުރުކޮށްދީ, ރޫޖެހުން ފަދަ ހަމުގެ ޒުވާންކަން ގެއްލޭ މައްސަލަތަކާ ދުރުކޮށްދިނުމަށް އެހީވެދޭ އުފެއްދުންތަކެކެވެ.

ހާޑަލަބޯގެ އެކި ކްރީމްތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހާޑަލަބޯގެ އެކި ކްރީމްތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ހާޑަލަބޯ"އިން އިރުގެ އަވިން ރައްކާކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ހާޑަލަބޯ ގޮކުޖްޔުން ޔޫވީ ޖެލް ވެސް އެސްޓީއޯއިން ލިބޭނެ އެވެ. ހަން މޮއިސްޗަރައިޒްކޮށްދޭނެ ހަޔަލުރޮނިކް އެސިޑް އާއި އަވިން ލިބޭ ގެއްލުމުން ކުރިމަތިވާ ހައިޕާ ޕިގްމަންޓޭޝަން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭ ވިޓަމިން ސީގެ ބާވަތްތައް ހިމަނާ ތައްޔާރުކޮށްފައިވާ މި ޕްރޮޑަކްޓުގައި އެސްޕީއެފް 50 ހިމެނެ އެވެ. އެސްޕީއެފް 50އިން ރާއްޖޭގެ ހޫނު މޫސުމުގެ އެންމެ ދިލަ އަވިން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭނެ އެވެ. މި ޕްރޮޑަކްޓަކީ ހަން މޮއިސްޗާކޮށްދޭ ޕްރޮޑަކްޓަކަށްވުމުން މިއީ މޭކަޕް ކުރުމުގެ ކުރިން, މޭކަޕް ބޭސްއަކަށް ވެސް ބޭނުން ކުރެވޭނެ ޕްރޮޑަކްޓެކެވެ.

"ހާޑަލަބޯ" ބްރޭންޑަކީ ޑާމަޓޮލަޖިސްޓުންގެ އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް އެސްޓީއޯ ފާމަސީން ލިބޭނެ އެވެ.

ނޯޓު: މިއީ އެސްޓީއޯގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.