Roadha Mihaaru

އުޅަނދުތަކުގެ އިންޝުއަރެންސް ޕެކޭޖު ވަރުގަދަކޮށް އާ ސްކީމެއް

ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އުޅަނދުތަކަށް އާ އިންޝުއަރެންސްއެއް ތައާރަފްކުރަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

22 ޖޫން 2025

ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އިންޖީނުލީ އެއްގަމު އުޅަނދުތަކުން ތާޑް ޕާޓީ އިންޝުއަރެންސް ހެއްދުމަކީ މިހާރު ގަވާއިދުން ލާޒިމްކުރާ ކަމެކެވެ. އެއީ އެ އިންޝުއަރެންސް ހަދާފައިވާ ހުންނަ އުޅަނދަކުން އެހެން އުޅަނދަތަކަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭ އިންޝުއަރެންސެކެވެ.

އުޅަނދަށް ލިބޭ ގެއްލުންތަކާއި ވަގަށް ނެގުމުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް އެ އިންޝުއަރެންސް ނިޒާމުގެ ތެރެއިން ކަވަރު ނުކުރުމަކީ އެތައް ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެކަން ހައްލު ކުރަން ތާޑް ޕާޓީ އިންޝުއަރެންސަށް ވުރެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުންފުނިތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާ ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ތައާރަފު ކުރާނެ އެވެ.

މާލޭގެ ޓްރެފިކްގެ އެކި މައްސަލަތައް ހައްލު ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި އެ އިސްލާހުތަކާ އެކު މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.