އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އިރާނުން މިރޭ ދިން ހަމަލާތަކާ ގުޅިގެން އެ ގައުމަށް އަމާޒުކޮށް އަސްކަރީ އިތުރު ފިޔަވަޅުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވަފާނެކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
24 ޖޫން 2025
އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އިރާނުން މިރޭ ދިން ހަމަލާތަކާ ގުޅިގެން އެ ގައުމަށް އަމާޒުކޮށް އަސްކަރީ އިތުރު ފިޔަވަޅުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވަފާނެކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
އިރާނުން ރޭ ވަނީ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެ ހަމަލާ އަކީ އާދިއްތަ ދުވަހު އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުންޏެވެ.
އިރާނުން ދިން ހަމަލާއާ ގުޅިގެން ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ބުނީ އެ ހަމަލާތައް އިރާނުން ދޭނެކަން ޓްރަމްޕްގެ ސަރުކާރުން ލަފާކުރި ކަމަށެވެ.
ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޖެނުއަރީ 2020 ގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އެމެރިކާއިން އިރާގުގައި އަވަހާރަކޮށްލުމުން ވެސް އިރާނުން ރައްދު ދިނީ ހަމަ މިފަހަރު ވެސް ދިން ގޮތަށެވެ.
"މިފަހަރު ވެސް އެކަހަލަ ގޮތަކަށް އިރާނުގެ ހަމަލާއެއް އަތުވެދާނެދާނެ ކަމަށް ލަފާކޮށްގެން ތިބީ،" ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި އެވެ.
"އެހެންވެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އެމެރިކާއިން ތިބީ. ހާއްސަކޮށް ގަތަރުގެ އަސްކަރީ ވައިގެ މަރުކަޒުގައި."
"އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެކަން ރައީސް ޓްރަމްޕް ކުރައްވަފާނެ،" އިރާނުން ރޭ ދިން ހަމަލާއާ ގުޅިގެން އެމެރިކާއިން އަމަލުކުރާނީ ކިހިނެއްތޯ ސީއެންއެންއިން ސުވާލު ކުރުމުން ވައިޓް ހައުސްގެ އޮފިޝަލް ބުންޏެވެ.
އިޒްރޭލުން މި މަހުގެ 13 ވަނަ ދުވަހު އިރާނަށް އިސްވެ ދޭން ފެށި ހަމަލާތަކުގައި އެމެރިކާ ބައިވެރިވުމާ މެދު ދެ ހަފުތާތެރޭ ގޮތެއް ނިންމާނެ ކަމަށް ޓްރަމްޕް ވަނީ ކުރިން އިއުލާން ކުރައްވައިފަ އެވެ. އެހެން ވިދާޅުވިތާ ތިން ދުވަސް ނުވަނީސް އެމެރިކައިން އިރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ހަމަލާ ދިނެވެ.
ހައްގަށް އަރައިގަންނަ ނަމަ ދެންވެސް ހަމަލާދޭނަން:އިރާން
އިރާނުގެ ވެރިކަން ބަދަލުކުރާ ވާހަކަ ޓްރަމްޕް ދައްކައިފި
އެމެރިކާގެ އަމަލުތަކާމެދު ދުނިޔެ ސަމާލުވެ ތިިބޭތި
އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ޓްރަމްޕްގެ ރުހުން
ޝަރުތަކާ ނުލައި އިރާނުން އަމާން ދޭންޖެހޭ: ޓްރަމްޕް
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
ހަމަލާ ދީފި ނަމަ އެއީ އީރާނުގެ ނިމުން: ޓްރަމްޕް
"ޒަޔަނިސްޓް ދުޝްމަނުންނަށް" އަދަބު ދޭނަން: ހާމަނާއީ
އެމެރިކާގެ ބޯޓުތަކަށް ހަމަލާ ދޭން ހޫތީން ތައްޔާރުވެއްޖެ
އީރާނުން އިޒްރޭލަށް އިތުރު ވަރުގަދަ ހަމަލާތަކެއް