Roadha Mihaaru
ހަމަލާ ދީފި ނަމަ އެއީ އީރާނުގެ ނިމުން: ޓްރަމްޕް

ހަމަލާ ދީފި ނަމަ އެއީ އީރާނުގެ ނިމުން: ޓްރަމްޕް

20 މެއި 2019

ވޮޝިންޓަން (މެއި 20) - އީރާނުން އެމެރިކާ އަށް ހަމަލާއެއް ދީފި ނަމަ އެއީ އީރާނުގެ ނިމުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 20) - އީރާނުން އެމެރިކާ އަށް ހަމަލާއެއް ދީފި ނަމަ އެއީ އީރާނުގެ ނިމުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

"އީރާނުން ހަނގުރާމަ ކުރަން ބޭނުން ނަމަ އެކަން ވާނީ ރަސްމީކޮށް އީރާނުގެ ނިމުމަށް. އެމެރިކާ އަށް ދެން ބިރުދައްކަން ނޫޅޭ،" ޓްވިޓާގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕުގެ މި އިންޒާރުގެ ތަފްސީލް ދެއްވައިފައެއް ނުވެ އެވެ.

އެމެރިކާގެ ރައީސް މި އިންޒާރު ދެއްވާފައި ވަނީ އީރާނާ އެކު ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާއި އެ ގައުމާ އެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އީރާނުގެ ފަރާތުން ބިރުތައް ކުރިމަތިވާ ކަމަށް ބުނެ އެމެރިކާ އިން ވަނީ ގަލްފަށް ހަނގުރާމަ މަތީ މަނަވަރުތަކާއި ބޮން އަޅާ ބޯޓު ފަހަރު ފޮނުވަން ފަށައިފަ އެވެ. އެކަމަކު ޓްރަމްޕް ވިދާޅުވެފައި ވަނީ ވޮޝިންޓަނުން އުޅެނީ ހަނގުރާމަ ކުރަން ނޫން ކަމަށާއި އީރާނުން ވަރަށް އަވަހަށް މަޝްވަރާ ކުރާނެ ކަމަށެވެ.

އީރާނުގެ ރައީސް ވެސް ވިދާޅުވެފައި ވަނީ އެ ގައުމުން ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ހަނގުރާމައަކަށް އެމެރިކާ ގެންދަން ޕްރެޝަރު ކުރަނީ ޓްރަމްޕް ވަށައިގެން އުޅޭ ބައެއް މީހުން ކަމަށް ތެހެރާނުން ވަނީ ބުނެފަ އެވެ.