އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެ އެކަން ތަންފީޒުކުރަން ފަށާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ވަގުތު ޖެހުމުގެ އިރުކޮޅެއް ކުރިން އީރާނުން އިޒްރޭލަށް ފުލުފުލުގައި މިސައިލް ހަމަލާތައް ދީ ބަޔަކު މަރާލައިފި އެވެ.
އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެ އެކަން ތަންފީޒުކުރަން ފަށާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ވަގުތު ޖެހުމުގެ އިރުކޮޅެއް ކުރިން އީރާނުން އިޒްރޭލަށް ފުލުފުލުގައި މިސައިލް ހަމަލާތައް ދީ ބަޔަކު މަރާލައިފި އެވެ.
އީރާނުން މީގެ ގަޑިއެއްހާއިރު ކުރިން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލި އެވެ. އިޒްރޭލުން ބުނީ އެއީ މަދު އަދަދެއް ކަމަށާއި އޭގެ ނުރައްކަލެއް ނެތް ކަމަށެވެ. އެހެންވެ ބަންކަރުތަކުން މީހުން ނުކުމެ އުޅުނަސް އެންމެ ރަނގަޅު ކަމަށް އެންގި އެވެ.
⚡️Be’er Sheba pic.twitter.com/ajHQBpGaDK
— War Monitor (@WarMonitors) June 24, 2025
އިޒްރޭލަށް އީރާނުން މިއަދު ދިން ހަމަލާތަކުގައި އިމާރާތްތަކެއް ހަލާކުވެފައި
އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ވަނީ އީރާނުން މިސައިލްތަކެއް ފޮނުވާލިކަން އަންގައި އެންމެން އަލުން ބަންކަރަށް ވަންނަން އަންގައިފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި މި ވަގުތު ވެސް އީރާންގެ މިސައިލްތަކެއް އިޒްރޭލަށް ވަނީ ފޮނުވާލައިފަ އެވެ. އަދި އެންމެ ފަހުން ދިން ހަމަލާތަކުގައި ބީރްޝަބައު އިން އަށް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އީރާނުން މިއަދު އިޒްރޭލަށް ހަމަލާތައް ފޮނުވާލުމާ އެކު އިޒްރޭލުގެ އާންމުން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
މިފަހަރު ފޮނުވާލީ ކިތައް މިސައިލް ކަމެއް އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނެެތެވެ. މިހާތަނަށް މިއަދު އިޒްރޭލަށް އީރާނުން ހަތަރު ބުރެއްގެ މަތިން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
މި ހަމަލާތައް ދީފައި މި ވަނީ ޖީއެމްޓީ ގަޑިން ފަތިހު 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލަން އިޒްރޭލާއި އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ ވިދާޅުވީ އެއްބަސްވުމެއް ނެތް ކަމަށާއި އެކަމަކު އެ ވަގުތުގެ ފަހުން އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ އިޒްރޭލުން އިސްވެ ފެށި އުދުވާނެއް ކަމަށާއި އެހެންވެ އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ރައްދު ނުދޭނެ ކަމަށެވެ.
ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލު އެއްބަސްވެއްޖެ
"އިޒްރޭލް-އިރާން ހަނގުރާމައަށް އެމެރިކާ ވަދެފާނެ"
ސީރިއާއާ ދެކޮޅު ފިޔަވަޅުތައް އެމެރިކާއިން އުވާލައިފި
ޚާމަނާއީ: ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއްނެތް
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
ޓްރަމްޕު ރުޅިގަދަވުމުން އިޒްރޭލު މައިތިރިވެއްޖެ
ހަމަލާތައް ހުއްޓާލަން އެއްބަސްވީ ގަތަރުގެ ބަހަށް
އީރާނަށް ހަމަލާ ނުދޭނެ ކަމަށް ނަތަންޔާހޫ ވެސް ބުނެފި
އީރާން-އިޒްރޭލް ހަމަލާތައް މި ނިމުނީ: ޓްރަމްޕު