Roadha Mihaaru

މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ދީފި

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައި، ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ފަގީރަކަށް 5،000 ރުފިޔާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 ޖޫން 2025

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައި، ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ވެސް ޒަކާތް ބެހީ، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. ދަފްތަރުގައި، މިހާތަނަށް 2،852 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ، 13.2 މިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ބެހީ ބޮލަކަށް 4،000 ރުފިޔާގެ މަގުން 12.7 މިލިއަން ރުފިޔާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުގައިވެ އެވެ.

މި އަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި ވެސް މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވެ އެވެ.

ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން، މި އަހަރު ފިތުރު ޒަކާތް ބަހަން މިނިސްޓްރީން ވަނީ މިދިޔަ މާޗް މަހު ނިންމައިފަ އެވެ. އެއީ އިޖުތިމާއީ އަދާލަތު ގާއިމްކުރަން ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.