ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، އޯޕީޑީގެ ހިދުމަތް އަލުން މިއަދު ފަށައިފި އެވެ.
27 ޖޫން 2025
ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، އޯޕީޑީގެ ހިދުމަތް އަލުން މިއަދު ފަށައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ދެންމެ ބުނީ ކަރަންޓަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށާއި މެދުކަނޑާލަން ޖެހުނު ހިދުމަތްތައް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ސްޓެލްކޯ އާއި އެމްއެންޑީއެފްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް، އެ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު "މިހާރު" އަށް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުން ހޮސްޕިޓަލްގެ މައި އިމާރާތަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ކަރަންޓު ޖައްސާއިރަށް ކެނޑެނީ. އެހެންވެ، ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން މިހާރު ވަނީ ވަގުތީ ކޭބަލެއް ގުޅާފައި. އެ ކޭބަލް އަޅައި މިއަދުގެ ހެނދުނު 8:33 އިން ފެށިގެން މިދަނީ ފުލް ލޯޑުގައި ހޮސްޕިޓަލަށް ކަރަންޓު ދެމުން،" ހަލީމް ވިދާޅުވި އެވެ.
އޯޕީޑީ ހިދުމަތް ވަގުތީ ގޮތުން ކްލިނިކަށް ބަދަލުކުރުން ފިޔަވައި، އެ ހޮސްޕިޓަލުގެ އިތުރު އެއްވެސް ހިދުމަތްތަކަށް އެ މައްސަލައާ ގުޅިގެން ބުރޫއަރާފައިނުވެ އެވެ.
ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓި ޒަހަމްވެއްޖެ
ހުޅުމާލޭ އެކްސިޑެންޓެއްގަ މީހަކަށް ސީރިއަސް އަނިޔާތަކެއް
5ތަނަކަށް ވަޅިހެރުމުން ޒަހަމްވި ޒުވާނާ އައިޖީއެމްއެޗަށް
ހުޅުމާލޭގައި އެކްސިޑެންޓްވުމުން ފިލި މީހާ ހޯދަނީ
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބުރޫއަރައިފި
1 ގަޑިއިރުގެތެރޭ ހޮސްޕިޓަލް އާންމު ހާލަތަށް ގެނެވޭނެ
މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު
ހިޔާ ފްލެޓަކުން މީހަކު ވެއްޓި އަނިޔާވެއްޖެ
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި