Roadha Mihaaru
ހުޅުމާލޭގައި އެކްސިޑެންޓްވުމުން ފިލި މީހާ ހޯދަނީ

ހުޅުމާލޭގައި އެކްސިޑެންޓްވުމުން ފިލި މީހާ ހޯދަނީ

26 ޑިސެމްބަރ 2017

ހުޅުމާލޭގައި މިއަދު ހެނދުނު އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެހުމާ އެކު ފިލި މީހާ ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި މިއަދު ހެނދުނު އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖެހުމާ އެކު ފިލި މީހާ ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިރޮޅު މަގު ސަރަހައްދުން ހިނގާފައި ދިޔަ 88 އަހަރުގެ ފިރިހެނެއްގެ ގައިގައި ސައިކަލް ޖެހުމުން އޭނާއަށް އަނިޔާވި ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އެ މީހާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

ސައިކަލް ދުއްވަން އިން މީހާ އެވަގުތު ވަނީ ފިލައިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނީ އަނިޔާވި މީހާގެ ކަނާތު ފައިގައި ރެނދެއް ލައި ލޯ ކައިރި ދުޅަވެފައިވާ ކަމަށެވެ. އެހެންވެ ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައި އިތުރު ފަރުވާ ދޭން އައިޖީއެމްއެޗަށް ފޮނުވާލީ ކަމަށް އާސަންދައިން ބުންޏެވެ.

"ސީރިއަސް އަނިޔާއެއް ނުލިބޭ. އެކަމަކު އުމުރުން ދުވަސްވީ މީހަކަށް ވުމުން، ފްރެކްޗާތައް ވެސް ވަރަށް ބޮޑު ވެގެން ދާނެ. އެހެންވެ އައިޖީއެމްއެޗަށް މި ފޮނުވާލީ،" އާސަންދައިގެ އޮފިޝަލަކު ވިދާޅުވި އެވެ.