ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދުގެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
29 ޖޫން 2025
ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދުގެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ތުރުކީ-ރާއްޖެ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން ވެސް ވަޑައިގަތެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖެ-ތުރުކީގެ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް ރައީސް މަރުހަބާ ދަންނަވައި، ދިވެހި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އެ ބޭފުޅުންނަށް ދައުވަތު ދެއްވި ކަމަށެވެ.
އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށާއި އެކި ދާއިރާތަކުން ތުރުކީއާ އެކު ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ބިނާކުރަނިވި މަޝްވަރާތައް އެ ބޭފުޅުން ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ފަލަސްތީނުގެ މައްސަލާގައި ތުރުކީން ގެންގުޅޭ ސިޔާސަތަށް ރާއްޖެ އިން ތައުރީފު ކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި އެ މައްސަލާގައި ރާއްޖެ އިން ވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށެވެ.
ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދުގެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
"ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތަފްސީލަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން، އިގުތިސާދީ އިސްލާހީ މަސައްކަތްތަކާއި ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާ ބެހޭ މައުލޫމާތު އެމަނިކުފާނު ވަނީ ވަފުދާ ހިއްސާކުރައްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގެ ވަފުދުގެ ބޭފުޅުންގެ ވާހަކަތަކުގައި މަތީ ތައުލީމާއި ޓޫރިޒަމް އަދި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށާއި އިގުތިސާދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއަކީ އުހުއްވަތްތެރި، މުސްލިމު ގައުމަކަށް ވުމާއެކު، ރާއްޖެއާއެކު ގާތް ގުޅުންތައް ބޭއްވުމާއި ރާއްޖެއާއެކު މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވަފުދުގެ ބޭފުޅުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގެ ސަފީރަކަށް ކުރީގެ ޗީފް އަބްދުއްރަހީމް
ތުރުކީ-ދުބާއީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން
ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް
ރައީސް މުއިއްޒު، ތުރުކީގެ ރައީސާ ބައްދަލުކުރައްވައިފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ފިކުރީ މުދާ ހިމާޔަތްކުރުމުގެ ބިލް ތަސްދީގުކުރައްވައިފި
ތެލަސީމިއާ ގާނޫނުގެ އިސްލާހު ތަސްދީގުނުކޮށް، މަޖިލީހަށް
"މިއީ ރަތް ރޮނގު ރައީސް ވަރަށް ބާރަށް ފަވާލި ރޭ"
ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި
ރާއްޖެ އާއި ސައޫދީގެ ގުޅުން ވަރަށް ވަރުގަދަ: ހަލީލް