ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި ވިޔަފާރިކުރަން މަގުފަހިކުރުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ޖަނަވާރު ރައްކާތެރިކުރުމާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
03 ޑިސެމްބަރ 2025
ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި ވިޔަފާރިކުރަން މަގުފަހިކުރުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ޖަނަވާރު ރައްކާތެރިކުރުމާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އެ ބިލު ތަސްދީކުރެއްވުމާ ގުޅިގެން ރައީސް އޮފީހުން ބުނީ މިދިޔަ މަހު 19 ގައި މަޖިލީހުން ފާސްކުރި 11 ބާބުގެ މައްޗަށް އެކުލެވިގެންވާ އެ ބިލުގައި، ރާއްޖޭގައި ރައްކާތެރިކަމާ އެކު ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކާ މުހިންމު ކަންކަން ހިމަނާފައިވާ ކަމަށެވެ.
ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމުގައި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތަކާއި ރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތައް ވެސް އޭގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބިލުގެ ދަށުން މިއަދު އުފެދުނު ގާނޫނުގެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި، އެ ގާނޫނު ތަންފީޒުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތާ ހަވާލުވާނީ އެއިރެއްގައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކުރާ މިނިސްޓްރީއަކުން ކަމަށެވެ.
އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި ކައުންސިލްތަކުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ތަފްސީލީ ގޮތެއްގައި އޭގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ބިލުގައި، މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކުށްތަކާއި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރައްވާފައިވެ އެވެ. އަދި އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި އުސޫލުތައް ވެސް މި ބިލުގައި ބަޔާންކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީކުރައްވާ ދުވަހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި، ޖަނަވާރަށް އަނިޔާއެއް ދިނުން ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ދޫކޮށްލައިފި ނަމަ، 5،000ރ. 50،000ރ. އާ ދެމެދުގެ އަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ގަވާއިދާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކޮށްފި ނަމަ، 5،000ރ. 500،000ރ. ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭއިރު، ގާނޫނާ ހިލާފަށް ޖަނަވާރު އާލާކޮށް ނުވަތަ ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެ ނުވަތަ، ސާމްޕަލް އޮޅުވާލައި ނުވަތަ ޖަނަވާރު ގެންގުޅެން ޖެހޭ މިންގަނޑުތަކާ ހިލާފު އަމަލެއް ކޮށްފި ނަމަ، 10،000ރ. 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
އޭގެ އިތުރުން، ޖަނަވާރުގެ ސަބަބުން ބައްޔެއް ފެތުރޭ ފަދަ އަމަލެއް ކޮށްފި ނަމަ، 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ފިކުރީ މުދާ ހިމާޔަތްކުރުމުގެ ބިލް ތަސްދީގުކުރައްވައިފި
ތެލަސީމިއާ ގާނޫނުގެ އިސްލާހު ތަސްދީގުނުކޮށް، މަޖިލީހަށް
ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް؛ އެއްބާރުލުން ދޭނެ!
މަގާމުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް
ރިޔާސީ ބަޔާން އިއްވާތީ އަންނަ މަހު 6 ސަރުކާރު ބަންދު
ޕާޓީ ބަދަލުކުރާނަމަ އިސްތިއުފާދޭންޖެހޭ ބިލުތަސްދީގުކޮށްފި
ރައީސާއި ނައިބު މަޖިލީހަށް ހާޒިރު ކުރެވޭ ގޮތް ހަދަނީ
"މާދަމާ އިއްވާނީ އެންމެ ވިޝަނަރީ ރިޔާސީ ބަޔާން"
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް