ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ހަ ރަށެއް ކަނޑައަޅައި އޭގެތެރެއިން ފަސް ރަށަކަށް، ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
29 ޖޫން 2025
ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ހަ ރަށެއް ކަނޑައަޅައި އޭގެތެރެއިން ފަސް ރަށަކަށް، ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވީރު ކުރި އިއުލާނުގައި ހަލާލު ޓޫރިޒަމަށް ހުޅުވާލީ، ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް ޕްރޮޖެކްޓަކަށެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑެ ވެސް ވަނީ ހަލާލު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައިފަ އެވެ. ނަމަވެސް، އެތަން އަދި ބިޑަށް ހުޅުވައެއް ނުލަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެޑެ އަށް ބިޑަށް ހުޅުވާލާނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނިމުމުން ކަމަށެވެ. އެތަނަށް ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އެންމެ ކުޑަ ލީޒް އެކުއިޒިޝަން ކޮސްޓެއް ކަނޑައަޅާފައިވަނީ ތ. މާގުޅިއަށެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓް އުޅެނީ 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) ގަ އެވެ. އެންމެ ބޮޑު އަގެއް އިނީ ހދ. މަކުނުދޫ ފަރުގެ ބައަކަށެވެ. އެތަނުގެ އަގު 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)އަށް އަރަ އެވެ. އެތަނަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.
- ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު: 392،000 ޑޮލަރު (6 މިލިއަން ރުފިޔާ)
- ހދ. މަކުނުދޫ ފަރު: 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)
- ށ.ފުށިފަރު: 234،000 ޑޮލަރު (3.6 މިލިއަން ރުފިޔާ)
- ތ. މާގުޅި: 189،000 ޑޮލަރު (2.9 މިލިއަން ރުފިޔާ)
- ލ.ފޮނަގާދޫ: 588،000 (9.1 މިލިއަން ރުފިޔާ)
ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށެވެ. އެފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެއްޗެވެ.
އިސްލާމް ދީނާ ގުޅޭ ފަދަ ތަންތަން ރަށު ތެރޭގައި ހުންނަން ޖެހޭ ކަމަށާއި އެގޮތުން މިސްކިތް ފަދަ ތަންތަން ވެސް ހަދަންވާނީ، އެ ރަށުގެ އެންމެ އައިކޮނިކް ބިލްޑިންތަކުގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ޓޫރިސްޓުންނަށާއި ސްޓާފުންނަށް ހާއްސަ ދެ މިސްކިތް ހުންނަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ބައެއް ހިދުމަތްތަކަށް ބޭނުންވާ ހަލާލް ސެޓިފިކޭޝަން ވެސް ހޯދަން ޖެހޭނެ އެވެ.
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން