ހަނީމޫނަށް، ރާއްޖެއަށް އަލަށް އައި ބެތަނީ ސާރާ ކާސްވެލް މި އަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓަށްވެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.
27 ނޮވެމްބަރ 2025
ހަނީމޫނަށް، ރާއްޖެއަށް އަލަށް އައި ބެތަނީ ސާރާ ކާސްވެލް މި އަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓަށްވެ ދަތުރު އިތުރަށް ހާއްސަވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބެތަނީ ސާރާ ކާސްވެލް، 30، ފިރިމީހާއާ އެކު ހަނީމޫން ހޭދަކުރަނީ އައުޓްޓްރިގާ މާފުށިވަރު ރިސޯޓުގަ އެވެ.
ވިޒިޓް މޯލްޑިވްސް އިން އޭނާއަށް މަރުހަބާ ކީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާ އެކު އެވެ. އަދި އެކަން ފާހަގަކުރުމުގެ ގޮތުން އޭނާއަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ސްޓޭންޑަޑް މޯލްޑިވްސް ރިސޯޓުގެ ހަފްތާއެއްގެ ޗުއްޓީއެއް ހިމެނެ އެވެ.
ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
އިނގިރޭސިވިލާތަކީ ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން 177،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ދެ މިލިއަން ވަނަ ޓޫރިސްޓު ހަމަވީ ޑިސެމްބަރު 26 ގަ އެވެ. މި އަހަރު އެ އަދަދު ހަމަވީ އޭގެ އެއް މަސްކުރިންނެވެ.
ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މިހާރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވެފަ އެވެ.
ސަރުކާރުގެ މިއަހަރުގެ ފުރަތަމަ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެކަމަކު އެ އަދަދު ރިވައިޒްކޮށް ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ހަންކެޑެގައި 1،000 އެނދުގެ އިންޓަގްރޭޓެޑް ރިސޯޓެއް
ޓޫރިޒަމް އެވޯޑު: 8 ތަނަކަށް 10 އެވޯޑް
ރާއްޖެ އިޝްތިހާރު ކުރަން ސުޕަ ޔޮޓް ކެމްޕެއިނެއް
ޓޫރިސްޓުންނާ ގުޅޭ ހަރަކާތްތަކަށް ހާއްސަ ޕްލެޓްފޯމެއް
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި