ވައްކަމުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް އަދި އެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަސް ގެންދާ ތަކެތި ހޯދުމަށް އާންމުކޮށް ދައުވާކުރާ މީހަކު، ލޯ ނަރުތަކެއް ހޯދަން ފުލުހުންގެ މައްޗަށް ދައުވާކުރުމުން އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
06 ޖުލައި 2025
ވައްކަމުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް އަދި އެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަސް ގެންދާ ތަކެތި ހޯދުމަށް އާންމުކޮށް ދައުވާކުރާ މީހަކު، ލޯ ނަރުތަކެއް ހޯދަން ފުލުހުންގެ މައްޗަށް ދައުވާކުރުމުން އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
އއ. މަތިވެރި، އިރަމާގެ އާދަމް ޝަރީފް ފުލުހުންނާ ދެކޮޅަށް މިފަހަރު ދައުވާކުރީ މީގެ އަށެއްކަ މަސް ކުރިން އޭނާ އެކި މީހުންގެ އަތުން "ގަނެގެން" ގެނެސްފައިވާ ބާ ލޯނަރުތަކެއް، ވައްކަމުގެ ތުހުމަތުކޮށް ފުލުހުން ހިފަހައްޓާފައިވާތީ ކަމަށް ބުނެ އެވެ. އޭނާ ވަނީ އެތަކެތި ހޯދުމަށާއި އެ ތަކެތި ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދު ފުލުހުންގެ ކިބައިން ހޯދުމަށް ދައުވާގައި އެދިފަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އޭނާގެ ފަރާތުން ފުލުހުންގެ މައްޗަށް ހުށަހަޅާފައިވާ އެ ދައުވާގެ ދަައުވާ ފޯމު ފުލުހުންނަށް ކޯޓުން ރައްދުކުރުމުން އެ ފަރާތުން އެ ދައުވާގެ ރައްދުގައި ކޯޓުގެ އިހްތިސާސާމެދު ސުވާލު އުފައްދައި ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ހުށަހެޅި، ކޯޓުގެ އިހްތިސާސާ ގުޅޭ އިއުތިރާޒުގައި އޮތީ އެއީ ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކަމަށް ކަމަށާއި އެހެންވެ މައްސަލަ ހުށަހަޅާފައި ވަނީ އެފަދަ ދައުވާތައް ހުށަހެޅުމަށް ކަނޑައަޅާފައިވާ އުސޫލުގެ ބޭރުން ކަމަށެވެ.
ހުކުމުގައިވަނީ ދައުލަތުގެ އިދާރާއަކުން އަޅާ ފިޔަވަޅެއްގެ ސައްހަކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ދައުވާއެއް ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ކަމަށެވެ. އަދި އެފަދަ ދައުވާއެއް ހުށަހެޅުމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޮންނަ އިޖުރާއަތާއި އިހްތިލާފު އޮންނަ ބާވަތުގެ ދައުވާއެއް ހުށަހެޅުމަށް އޮތް އިޖުރާއަތު އެ ގާނޫނުގެ ދަށުން ތަފާތު ކަމަށާއި އެހެންވެ، އެ ނޫން ގޮތަކަށް ހުށަހަޅާ ދައުވާއެއް ކޯޓުން ނުބެލޭނެ ކަމަށް ހުކުމުގައިވެ އެވެ.
އާދަމް ޝަރީފްގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް ފުލުހުން ހިފެހެއްޓި ފައިސާތަކެއް އަނބުރާ ހޯދަން ކުރި ދައުވާއެއްގައި މިހާރުވެސް އޭނާއަށް ފައިސާތަކެއް ހަވާލުކުރަން ކޯޓުގެ ހުކުމެއް އެބަ އޮތެވެ. މީނާ އަކީ މިގޮތަށް މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ފުލުހުންނާ ދެކޮޅަށް ދައުވާކޮށްފަ އެވެ.
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލި މީހާ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ޑޮލަރު ފޭރުނު މައްސަލަ: ޝަރީއަތް ނިމެންދެން ބަންދަށް
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އެކްސިޑެންޓަކާ ހެދި ބަދަލު ހޯދަންކުރި ދައުވާ ނާކާމިޔާބު
ވަކީލުންގެ ފުރުސަތު ނުދީ ބަންދު ޖެހުމުގެ ކަންބޮޑުވުން