މީގެ ހަތް އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ދަޅަކް"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ދަޅަކް"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
"ދަޅަކް 2"ގައި ލީޑު ރޯލުތައް ކުޅެނީ ޒުވާން އެކްޓަރުން ކަމަށްވާ ތުރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރުވޭދީ އެވެ.
ތިން މިނެޓާއި ތިން ސިކުންތުގެ އެ ޓްރެއިލާއާއެކު ވަނީ މި ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފަ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ މަހު އެކެއްގަ އެވެ.
މީގެ ހަތް އަހަރު ކުރިން 2018 ވަނަ އަހަރު ގެނެސްދިން "ދަޅަކް" އަކީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. އެ ފިލްމަކީ މިހާރު ބޮލީވުޑްގައި ކާމިޔާބު ތަރިއެއް ކަމަށްވާ ޖާންވީ ކަޕޫރް ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ. ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބީއެއް ހޯދި އެ ފިލްމުގައި ޖާންވީއާއެކު ލީޑު ރޯލު ކުޅުނީ އިޝާން ކައްޓަރެވެ.
"ދަޅަކް" އަކީ 2016 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި މަރާޓީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. އަދި "ދަޅަކް 2" ބިނާކޮށްފައި ވަނީ 2018 ވަނަ އަހަރު ގެނެސްދިން ތަމަޅަ ފިލްމެއް ކަމަށްވާ "ޕަރިޔެރުމް ޕެރުމަލް" އަށެވެ.
"ދަޅަކް 2"ގެ ޕްރޮޑިއުސްކުރަނީ ފުރަތަމަ ފިލްމު ވެސް ގެނެސްދިން ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނެވެ. އަދި ޑައިރެކްޓަރަކީ ޝާޒިއާ އިގްބާލެވެ. ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ ޝަޝަންކް ކައިތާނެވެ.
އަގަސްތިޔަގެ އާ ފިލްމު "އިއްކިސް"ގެ ޓްރެއިލާ ނެރެފި
"ދޭ ދޭ ޕިޔާރު ދޭ 2" އަންނަ މަހު ގެނެސްދެނީ
ލަކްޝިޔަ އާއި ޖާންވީ އެކުގައި ފިލްމެއް ކުޅެނީ
ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި
ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ
އިބްރާހިމްގެ ދެވަނަ ފިލްމުގެ ޓީޒާ ނެރެފި
ފާތިމާ/މާދްވަންގެ ފިލްމު އަންނަ މަހު ނެޓްފްލިކްސްއަށް
"ސިތާރޭ ޒަމީން ޕަރު"ގެ އަންނަ މަހު ސިނަމާއަށް
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު