އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމު އަންނަ މަހު 17 ގައި ގެނެސްދޭން ނިންމައިފި އެވެ.
އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމު އަންނަ މަހު 17 ގައި ގެނެސްދޭން ނިންމައިފި އެވެ.
"ދޭ ދޭ ޕިޔާރު ދޭ 2" ރިލީޒްކުރާ ތާރީހު އިއުލާންކޮށް، އެ ފިލްމުގެ ޓްރެއިލާ ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
ދެވަނަ ފިލްމުގައި ވެސް އަޖޭއާ އެކު ލީޑު ރޯލުން ފެންނަނީ، 2019 ވަނަ އަހަރު ގެނެސްދިން މީގެ ފުރަތަމަ ފިލްމުގައި އުޅުނު ރަކުލް ޕްރީތު ސިންގެވެ. އަދި މުހިންމު ރޯލުތަކުން އާރު މަދަވަން އާއި ގޯތަމީ ކަޕޫރް އަދި މީޒާން ޖަފްރީ ފެންނާނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމަކީ "ދޭ ދޭ ޕިޔާރު ދޭ"ގެ ފުރަތަމަ ފިލްމު ނިމުނު ހިސާބުން އަޖޭ އާއި ރަކުލްގެ ދިރިއުޅުމުގައި ދެން ހިނގާ ކަންތައްތައް ދައްކާނެ ފިލްމެކެވެ. ފުރަތަމަ ފިލްމުގައި ދެއްކީ އަޖޭގެ އާއިލާ އެވެ. އަދި މި ފިލްމުގައި ދައްކާނީ ރަކުލްގެ އާއިލާ އެވެ.
"ދޭ ދޭ ޕިޔާރު ދޭ"ގައި ކިޔައިދެނީ ކައިވެންޏެއްކޮށް ދަރިން ލިބި، ދަރިން ބޮޑެތިވާ ފަހުން ކައިވެނި ރޫޅިފައިވާ އުމުރުން 50 އަހަރުވީ ފިރިހެނެއް އަޝިޝް (އަޖޭ)، 26 އަހަރުގެ 26 އަހަރުގެ އައިޝާ (ރަކުލް)އާ ބައްދަލުވެ، ދެ މީހުންނަށް ލޯބިވެވުމުން ދެން ހިނގާ ކަންތައްތަކެވެ.
ދެވަނަ ފިލްމު ޑައިރެކްޓުކުރީ އަންޝުލް ޝަރްމާ އެވެ. އަދި ދެވަނަ ފިލްމުގެ ސްކްރިޕްޓު ވެސް ލިޔުނީ ފުރަތަމަ ފިލްމު ގެނެސްދިން، "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ލަވް ރަންޖަން އާއި ތަރުން ޖެއިން އެވެ.
އަގަސްތިޔަގެ އާ ފިލްމު "އިއްކިސް"ގެ ޓްރެއިލާ ނެރެފި
"ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ވާދަވެރި
ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި
"ދަޅަކް 2"ގެ ޓްރެއިލާ ނެރެފި
ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ
އިބްރާހިމްގެ ދެވަނަ ފިލްމުގެ ޓީޒާ ނެރެފި
"ސިތާރޭ ޒަމީން ޕަރު"ގެ އަންނަ މަހު ސިނަމާއަށް
އަޖޭގެ ރިލީޒްނުވެ އޮތް ފިލްމެއް ގެނެސްދެނީ
ރާޖްކުމާރާއި ތުރިޕްތީގެ ފިލްމުގެ ޓްރެއިލާ
ރިތިކް އާއި ދިޕީކާގެ "ފައިޓާ"ގެ ޓީޒާ ނެރެފި